މި މަހުގެ 07 ވަނަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިންގި މާރާމާރިއާ ގުޅިގެން ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ކުޑަހެންވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ބަޔަކު މީހުން ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގާފައިވާކަމަށެވެ. ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ސަޕޯޓަރުން ދަނޑަށް އަރާ ހިންގި މާރާމާރީގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ތެރެއިން 3 މީހުންގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ. އަދި ދެން ތިބި 13 މީހުން ވަނީ ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އެހެންކަމުން މި މައްސަލައާއި ގުޅިގެން މިހާރު މި ވަގުތު ފުލުހުންގެ ބަންދުގައި ތިބީ 3 މީހުންނެވެ.
މި މެޗުގެ 81 ވަނަ މިނިޓުގައި ކުޅުން ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.