ގެއްލިގެން ހޯދަމުން ދަނިކޮށް، އުމުރުން 14 އަހަރުގެ ޚަދީޖާ ޔަލްވީ އަމިއްލަ އަށް ގެއަށް ގޮސްފައިވާ ކަމަށް، އާއިލާ އާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

ޔަލްވީ ގެއްލިގެން ހޯދަމުންދާތާ ހަފުތާއެއް ވެއްޖެ ކަން ފުލުހުން ހާމަކުރީ މިރޭ އިރާކޮޅު ކުރި ޕޯސްޓެއްގައެވެ.

އޭނާގެ ފޮޓޯ ހާމަކޮށް ކުރި 'އެކްސް'ގައި ކުރި ޕޯސްޓުގައި ފުލުހުން އޭރު ބުނީ، ޔަލްވީ އާއިލާ އަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓުކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި ޔަލްވީ އެންމެ ފަހުން ފެނުނީ މިދިޔަ ހުކުރު ދުވަހުގެރޭ ރޭގަނޑު 8 ޖަހާކަން ހާއިރު އޭނާ ދިރިއުޅޭ ގެ ކަމަށްވާ މ. އެނބޫމާގެއާގެ އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ހަތަރު ގަޑިއިރު ފަހުން ކުރި ޕޯސްޓުގައި ފުލުހުން ބުނީ، މިރޭ 10 ޖަހާކަން ހާއިރު ޔަލްވީ އަމިއްލަ އަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.