އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާތާ ހަފުތާއެއް ވެއްޖެ ކަން ފުލުހުން ހާމަކޮށްފިއެވެ.

'އެކްސް'ގައި އުމުރުން 14 އަހަރުގެ ޚަދީޖާ ޔަލްވީގެ ފޮޓޯ ހާމަކޮށް ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ޔަލްވީ އާއިލާ އަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓުކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އާއިލާ އާ ހަވާލާދީ ފުލުހުން ބުނީ، ޔަލްވީ އެންމެ ފަހުން ފެނުނީ މިދިޔަ ހުކުރު ދުވަހުގެރޭ ރޭގަނޑު 8 ޖަހާކަން ހާއިރު އޭނާ ދިރިއުޅޭ ގެ ކަމަށްވާ މ. އެނބޫމާގެއާގެ އިން ކަމަށެވެ.

ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިނަށް (3322111)، ނުވަތަ އެފްސީޕީޑީގެ ނަންބަރަށް (3000600 / 9790163) ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.