އިއްޔެ ހެނދުނު ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާލުވީ މިކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުޑައިރުކޮޅެއްގެ ކުރިން ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލަ ލިބުމާއެކު މިކަން ރިޕޯޓްކުރެވުނު ހިސާބުން ފެށިގެން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތައް ހޯދަން މަަސައްކަތް ކުރި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މި މަސައްކަތުގައި ފުލުހުންގެ އިންޓެލިޖެންސާއި ފްރަންޓް ލައިނާއި ތަހުގީގު ޓީމުތަކުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މިކަން ހިނގިތާ މާ ގިނަ ދުވަހެއް ނުވެ މިކަން ކުރެވިގެން ދިއުމުން އެނގެނީ މިކަހަލަ ކަމެއް ހިނގުމުން މިއިން ކޮންމެ ކަމަކީ ފުލުހުންގެ ހިދުމަތުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މި ފަދަ އެއްވެސް ހަމަލާއެއް ދިވެހި އެއްވެސް ރައްޔިތަކަށް އަދި ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދެވިއްޖެކަމަށްވާނަމަ ސީރިއަށް ކޮށް ބަލަމުންދާނެ ކަމަށެވެ. އަދި އެ ކަހަލަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ޝުޖާއު ވިދާޅުވއިެވެ.