ކަލާޒް ޗެނަލުން ދައްކަމުން އަންނަ ރިއަލިޓީ ޝޯ ބިގް ބޮސް ގެ 17 ވަނަ ސީޒަންގެ ޓްރޮފީ މުނައްވަރު ފާރޫގީ އުފުލާލައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ގްރޭންޑް ފިނާލޭގައި މުނައްވަރު ޝޯގެ އެއްވަނަ ހޯދައި ޓްރޮފީ އުފުލާލީ ފައިނަލުގައި އަންކިތާ ލޯކަންޑޭ، އަބީޝެކް ކުމާރު، މަނާރާ ޗޯޕްޅާ އަދި އަރޫން ސްރީކާންތެވެ. ޝޯ ކާމިޔާބުކުރުމުން މުނައްވަރަށް ވަނީ 50 ލައްކަ އިންޑިއަން ރުޕީސްގެ ފައިސާ އާއެކު ކާރެއް ލިބިފައެވެ. ޖުމްލަ 18 ބައިވެރިންނާ އެކީ ބިގް ބޮސް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައެވެ. ބިގް ބޮސް ގެ ޓްރޮފީ މުނައްވަރު އުފުލާލިއިރު އޭނާ ވަނީ 2022 ވަނަ އަހަރު ވެބް ޝޯ "ލޮކް އަޕް" ވެސް ކާމިޔާބުކޮށްފައެވެ. އޭނާ އަކީ އިންޑިއާގެ މަޝްހޫރު ކޮމީޑިއަނެކެވެ. އަދި އޭނާ އަކީ ޝާއިރެއްވެސް މެއެވެ.

ގުރޭޑު 5 އިން ސްކޫލުން ކެނޑެން މުނައްވަރު އަށް މަޖުބޫރުވީ އާއިލާގެ ތަނަވަސްކަމެއް ނެތުމުންނެވެ. އުމުރުން ހަގު އިރު މަންމަ ނިޔާވުމުން އުމުރުން އެންމެ 14 އަހަރުގައި މުނައްވަރު އޭނާގެ ދިރިއުޅުން ބަދަލުކުރިއެވެ. ވަޒީފާގެ ގޮތުގައި ކުދިކުދި މަސައްކަތް ކޮށްގެން އުޅުނު މުނައްވަރަށް ކޮމީޑިއަން އަކަށް ވުމުގެ ފުރުސަތު ލިބުމާއެކު އޭގެ ބޭނުން ހިފިއެވެ. ސްޓޭންޑް އަޕް ކޮމެޑީ ޖައްސަމުން އައި މުނައްވަރު މީހުންގެ މެދުގައި މަޝްހޫރުވާން ފެށުމުން ޔޫޓިއުބް ޗެނަލެއްވެސް ހުޅުވިއެވެ.

އޭނާ އަކީ މިއަދު އިންޑިއާގެ އެންމެ ގާބިލް ކޮމީޑިއަނުން ތެރޭ ހިމެނޭ ފަންނާނެކެވެ.