މިފަހަރު ބިގްބޮސް-17 ގައި އެންމެ ގިނަ ބައެއްގެ ނުރުހުން އަމާޒުވަމުން ދާ އެއް ތަރިއަކީ "ގުމް ހެ ކިސީ ކޭ ޕިޔާރް މޭ“އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އައިޝްވާރިޔާ ޝަރްމާއެވެ.
އެ ޑްރާމާގައި އައިޝްވާރިޔާ ކުޅުނު ރޯލުގެ ސަބަބުން އޭރުވެސް އޭނާއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވިއިރު، ޑްރާމާގެ ސެޓުން ނީލް ބަޓް އާއި ދިމާވެ ކައިވެނިކުރި ހިސާބުން ގިނަ ބައެއްގެ ލޯބިވެސް އޭނާއަށް ލިބިގެން ދިޔައެވެ. ނީލްގެ މަޑުމައިތިރި ސާދާ މިޒާޖުގެ ސަބަބުން އޭނާއަށް ކުރާ އިހްތިރާމް އައިޝްވާރިޔާއަށްވެސް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ބިގްބޮސްގެ ގޭގައި އައިޝްވާރިޔާގެ އަމަލުތައް ހުރި ގޮތުން އޭނާއަކީ ވަރަށް 'ޓޮކްސިކް' އަންހެނެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ބިގްބޮސް ގައި އެންމެ ފުރަތަމަ އައިޝްވާރިޔާ 'ޖައްސާލީ އަންކީތާ އާއި ވިކީ ޖެއިން އާއެވެ. އެ ދެމީހުންނާ ޒުވާބުކުރުމުގައި އައިޝްވާރިޔާ ހައްދުފަހަނަޅާ ދިޔައިރު އެންމެ ފަހުން އޭނާވަނީ ފިރިމީހާ ނީލް އާއިވެސް ވަރަށް ހަޑިހުތުރު ބަހުން ޒުވާބުކޮށްފައެވެ. އައިޝްވާރިޔާ، ނީލްއަށް އިހްތިރާމްކުޑަވާ ގޮތައް ދައްކަން ފެށި ވާހަކަތަކުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ބެލުންތެރިންގެ އިތުރުން ވީކް އެންޑް ވާރްގައި ޝޯގެ ހޯސްޓު ސަލްމާންހާންވެސް ވަނީ އައިޝްވަރިޔާގެ މި އަމަލު ކުށްވެރިކޮށް އޭނާގެ ފިރިމީހާ އާއި ޒުވާބުކުރުމުން އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްދާނެކަމުގެ އިންޒާރުދީފައެވެ.
އަބަދުވެސް ވަރަށް ލޯތްބާއެކު އައިޝްވާރިޔާ އާއި ވާހަކަދައްކާ، އޭނާއަށް އެހާ ބޮޑަށް އިހްތިރާމްކުރާ ފިރިމީހާގެ ކުރިމަތީ އެ ގޮތަށް ޒުވާބުކުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމުގައި ސަލްމާންވަނީ ބުނެފައެވެ. މީގެ އިތުރުން ސަލްމާން ވަނީ އައިޝްވާރިޔާގެ އެފަދަ އަމަލުތައް ހުއްޓުވުމަށް ނީލްވެސް މަސައްކަތްކުރަންޖެހޭ ކަމަށް ބުނެފައެވެ.