މާލޭގެ ގެއެއްގައި މަރުވެފައި އޮތް އުމުރުން ދުވަސްވީ ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާލެއަށް ޑޮކްތަރަށް ދައްކަން އައިސް ހުރި މީހަކު ހަބަރު ނުވާ ކަމަށް ބުނެ ފުލުހުންނަށް މިރޭ 8:50 ހާއިރު ރިޕޯޓް ކޮށްފަިއވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެމީހާ މާލެއަށް އައިސް ހުރި ގެއަށް ފުލުހުން ވަނީ ގޮސް ބަލާފައެވެ.

އެގެއަށް ގޮސް ފުލުހުން ބެލި އިރު، އެމީހާ ދިރިއުޅޭ ކޮޓަރީގައި އެމީހާ މަރުވެފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ބުނެއެވެ. މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާރު ސީންގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ އިރު، އެމީހާ މަރުވި ގޮތް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި ކަމާ ގުލޭ ގޮތުން އިތުރު ތަފްސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.