ކޮމިޝަނާ އޮފް ޕޮލިސް މަގާމަށް އެސިސްޓެންޓް ކޮމިޝަަނާ އަލީ ޝުޖާއު އައްޔަން ކުރަން ޕޮލިސް ބޯޑުން ލަފާދީފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު އެ މަގާމަށް ކުރިމަތިލެއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އިސްމާއިލް ނަވީންއެވެ.

މަގާމަށް ކުރިމަތިލެއްވި 2 ބޭފުޅުންގެ ނަން ވެސް ހޯމް މިނިސްޓްރީއިން ވަނީ ފުލުހުންގެ ބޯޑަށް ފޮނުވާފައެވެ. ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު ޕޮލިސް ބޯޑުން ނިންމާފައި ވަނީ ސީޕީގެ މަގާމަށް ޝުޖާއު އައްޔަން ކުރަން، މިނިސްޓަރަށް ލަފާ އެރުވުމަށެވެ.

އެ މަގާމަށް ކުރިމަތި ލެއްވެނީ ވެސް އެސިސްޓެންޓް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީ ބޭފުޅުންނަށެވެ. ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު ކަނޑައަޅަނީ ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އެ މަގާމު އެންމެ ފަހުން ފުރުއްވާފައި ވަނީ މުހައްމަދު ހަމީދެވެ. އެ މަގާމު ހުސްވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހަމީދު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެެ. އެއާއެކު މިހާރު އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.