ދިވެހި ބަހުން ލިޔެ ޝާއިއު ކުރާ ބައެއް ވެބްސައިޓްތަކާއި ނޫސްތައް ސަރުކާރުން ބުލޮކް ކުރީ، ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އޮބަހެއްޓުމަށް ކަމަށް އެމްޑީޕީން ބުނެ ސަރުކާރަށް ފާޑު ކިޔައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީން އަބަދުމެ ވަކާލާތު ކުރާ މަގު ކަމަށާއި، އެއީ އެތަކެއް ދިވެހި ރައްޔިތުންނާއި އެ ޕާޓީން ގުރުބާންވެގެން ހޯދި ހައްގުތަކެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ތިމާގެ ބުއްދިއަށް ފެންނަ ވިސްނުންތައް ބަޔާން ކުރުމުގެ ފުރުސަތު ނެތް މުޖުތަމައަކީ ދިމިގްރާތީ މުޖުތަމައެއް ކަމަށް އެއްބަސް ނުވެވޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ކުރީގެ ދެ ވަރިކަމުގައި ވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވަކިން ހާއްސަކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށް ދީފައިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ. އޭރު ވެސް ސަރުކާރާ ދެކޮޅަށް ރާވައިގެން އިންތިޒާމުކޮށްގެން ދޮގު ހަބަރު ފަތުރަމުން ދިޔަ ނަމަވެސް އެފަދަ މީޑިއާތަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް އެ ޕާޓީން ބުނެއެވެ. ސަރުކާރަށް ފާޑު ކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެފަދަ ސައިޓްތައް ބަންދު ކުރަން މަސައްކަތް ކުރާނީ ހުދުމުހުތާރު ސިފަތަކެއް ޖެހިފައިވާ ސަރުކާރަކުން ކަމަށާއި، ޕީޕީއެމްގެ ކުރީގެ ވެރިކަން ފަދައިން މި ސަރުކާރުގެ އަމަލުތައް ވެސް ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތްކުރާ ތަން ކަމަށް އެމްޑީޕީން ބުނެއެވެ. މި ފެންނަނީ ފާޑުކިޔުންތަކަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި އޮިބަހައްޓާތަން ކަމަށް އެމްޑީޕީން ބުނެއެވެ. އެހެންކަމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ދޮގުފަތުރާ އަބުރުކަތިލާ ގައުމު ހަލަބޮލިކޮއް ވެރިމީހާއަށް ނުފޫޒާއި ބާރު ފޯރުވާއިގެން ވާހަކަ ލިޔާ ހުރިހާ ނޫސްއޮންލައިނެއް ނޮއްލައިނެއް ނުބަލާ ބަންދުކުރަންވީ
ކަލޭމެންނަށް ވެރިކަން ލިބުމުން ޚުދުމުޚުތާރު ގޮށްމުށުގެ ވެރިކަމެއް ކޮށް، ގައުމުގެ މާލިއްޔާ ދަވާލާ، ފޯޅަވަހި ވިއްކާލާ، މަސްކަނޑު ވިއްކާލާ، ރައްޔިތުންގެ ޖީބުން ފޭރިގަތީމާ މިހާރު ތިއޮތީ ރައްޔިތުން ބޭނުން ނެތިގެން މަގުމަތި ކޮށްލާފަ. ވީމާ އަނގަނުތަޅާ މަޑުންތިބުން ރަގަޅުވާނީ.