ރޭ ހުޅުމާލޭގައި މަންމައަށް ހަމަލާދިން ދަރިއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހާއަކީ ނަފްސާނޯ ބަލި ހުންނަ މީހެއް ކަމަށާއި އެމީހާ ޑޮކްޓަރަށް ދައްކަން ގެންދިއުމުގެ މަސައްކަގް ކުރަމުންދާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހަމަލާ ދީފައިވަނީ އާއިލީ މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.