ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ޑިސެމްބަރު 11 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރެއް ނެރެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން މި މަހުގެ 4 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގއ. ވިލިނގިލިން 75 ފުޅި ބަނގުރަލާއެކު ދިވެހި 2 ފިރިހެނުންް ވަނީ ހައްޔަރު ކޮށްފައެވެ.