ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕަލަސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ސޮއިކުރައްވައިފިއެވެ.

އެ ޕާޓީއަށް ޔާމީން ސޮއިކުރައްވާފައި ވަނީ މިރޭ ޕާޓީގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައެވެ. ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުއާއެވެ.

ޔާމީން ގެއަށް ބަދަލުކުރެއްވި ފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެންސިޔާސީ އެއްވުންތައް ބާވަމުން ދާއިރު އެއީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވުމުން ކަރެކްޝަންސް އިން ވަނީ އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފައެވެ.

ރައީސް ޔާމީން ޕީއެންއެފް އަަށް ސޮއިކުރައްވާ ފޯމް މެންބަރުންނަށް ދައްކާލައްވަނީ

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.

ޕީއެންއެފް އުފެއްދުމުގައި ރައީސް ޔާމީނާއެކު އެންމެ އިސް ކޮށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި މަލީހްގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހިމެނިވަޑައިގަންނަވައެވެ.