ގެއްލިގެން ހޯދަމުން ދަނިކޮށް، މުއްރަތު އަލީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުންގެ އިދާރާ އަށް ހާޒިރުވެއްޖެއެވެ.

މުއްރަތުގެ އާއިލާ އާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނީ، އޭނާ އެންމެ ފަހުން ފެނުނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. މުއްރަތުގެ އާއިލާ އިން އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 30 އަހަރުގެ އެ ޒުވާނާ އަކީ ތިލަފުށީގައި ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ މީހެއް ކަމަށް، އާއިލާ އާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

ފުލުހުން އޭރު ބުނީ، މުއްރަތު އެންމެ ފަހުން ފެނުނީ މިދިޔަ އާދީއްތަ ދުވަހު ހަވީރު 5 ޖަހާކަން ހާއިރު އޭނާ މަސައްކަތްކުރާ ކޮޅުވެއްޓީގައި ހުއްޓާ ކަމަށާއި، އޭނާ އޭރު ލައިގެން ހުރީ ގޮޅިޖެހި ރަތް ކުލައިގެ ގަމީހެއް ކަމަށް އާއިލާއިން މައުލޫމާތު ދިން ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރި އިއުލާނަށް ދެ ގަޑިއިރު ވާން ކައިރިވެފައި ވަނިކޮށް ދިން އަޕްޑޭޓުގައި ފުލުހުން ބުނީ، މުއްރަތު ފުލުހުންގެ އިދާރާ އަށް އަމިއްލަ އަށް ހާޒިރުވެފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.