ކުރިއަށް ހުރި އިންތިހާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފިއެވެ.

އެމްޑީޕީން ބުނީ ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ.

އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީއާއެކު މަސައްކަތްކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ.

އަދި ރިޔާސީ އިންތިހާބުގެ ދެބުރުގައި ވެސް އަދާތަލު ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ.

ދެން އެންމެ އަވަހަށް އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބު ބާއްވާނީ އަންނަ ރޯދަ މަހަށްފަހު ކަމަށް ބެލެވެ އެވެ.