އައްޑޫން ގެއްލުނު މެދު އުމުރުގެ އަންހެން މީހާ ފެނިއްޖެ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް، ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ހޯދަމުން ދިޔައީ އުމުރުން 39 އަހަރުގެ އައިޝަތު ވިސާމާ، ކަދުރުމާގެ / އައްޑޫ ހިތަދޫ އެވެ.

ވިސާމާގެ އާއިލާ އާ ހަވާލާދީ ފުލުހުން ބުނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭނާ މާލެ ގޮސްފައިވާ ކަމަށާއި، އޭނާގެ ހަބަރެއް އެންމެ ފަހުން ވީ މިދިޔަ ހޮނިހިރު ދުވަހު ފޯނުން ކަމަށެވެ.

އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، މިރޭ 10:30 ގައި ވިސާމާ ފެނިއްޖެ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ވިސާމާ ގެއްލިގެން އާއިލާ އިން ރިޕޯޓުކުރީ މީގެ ފަސް ދުވަސް ކުރިންނެވެ.