"ޕޮލިސް ބޯޑު" ގެ ބައެއް މެންބަރުން ވަކިކޮށް، ޕޮލިސް ބޯޑަށް ބައެއް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު އައްޔަންކުރައްވައިފިއެވެ.

އަލަށް އައްޔަނު ކުރީ ރައީސް އައްޔަން ކުރައްވަންޖެހޭ ދެ މެންބަރަކާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މަގާމަށް ތިން މެމްބަރުން އަދި އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލި ދެ މެންބަރުންނެވެ.

ޕޮލިސް ބޯޑު އަލަށް އައްޔަންކުރެއްވި ބޭޭފުޅުންގެ ތެރޭގައި:

  • އަހްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) - ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު
  • އާއިޝަތު ނޫރާ މުހައްމަދު (ހ.ނޫމުތީ) - ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު
  • އަލްއުސްތާޛު އަލީ ނަސީރު ގާސިމް (ދަފްތަރު. ނަމްބަރު ރސ 535)- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަހްމަދު އަޒީމް (ބަގީޗާގެ، ސ.މަރަދޫފޭދޫ) - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަހްމަދު ސައުދީ (އަލިމަސްގެ، ހއ.ހޯރަފުށި) - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • ހާމިދު އަބްދުލްޣަފޫރު (ހ.ޝޭޑީކޯނާ) - އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
  • އަލްއުސްތާޛާ ސަފާ ޝަރީފް (ދެތަނޑިމާގެ / ސ.ހުޅުދޫ) - އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު.

މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

މި ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.