ޔަހޫދީ އިޒްރޭލުން ގާޒާގެ 2.3 މިލިއަން މުސްލިމުން ހައިހޫނު ކަމުގައި މަރާ ފެންތިކެއް ނުދީ ކަތިލަމުން [ޝަހީދު ކުރަމުން] ދަނިކޮށް ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކެބަލާށެވެ.

ގާޒާގެ ޖައްވު ބަނަކޮށްލައި ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.

މަގުތަކުގައި ފެނުގެ ކޯރުތައް ދެމެމުން ދާއިރު، ކުދިބޮޑު އެންމެން މިހާރު އަވަސްވެ އެ އުޅެނީ ފެންފުރުމުގައެވެ. އެމީހަކަށް އަތުޖެހުނު އެއްޗަކަށް، ބާލިދީއެއް ވިޔަސް ޓަައްޕެއް ވިޔަސް ތެއްޔެއް ވިޔަސް އެ ހިފައިގެން ފެން ފުރަމުން އެދަނީ އުއްމީދެއްގައެވެ.

ނޭނގެނީ އެލިބެ ފެންފޮދުގެ ރައްކާތެރި ކަމެވެ. ކެނޑިނޭޅި ޔަހޫދީން އަޅަމުން ދާ ބޮންތަކާއި އޮއްސަމުން ދާ ވައިޓް ފޮސްފަރަސްގެ ބޮންތަކުގެ އިތުރުން މިސައިލް ހަމަލާތަކުގެ ސަބަބުން އަރަމުން ދާ ވިދަ ދުމުން ޖައްވު ކަޅުވެފައި ވާ އިރު އެ ވެހޭ ވާރޭގައި ކެމިކަލްގެ އަސަރު ހުރުމަކީ ނުުވުމަށް ވުރެ ގާތް ކަމެކެވެ.

ބޯކޮށް އިންތިހާ ބޯކޮށް ނުވެހުނު ނަމަވެސް ވެހޭ ފެންފޮދު ރައްކާތެރި ކުރެވޭތޯ އެ އުޅެނީ މިވަގުތަށް ދުލުކުރިއަށް ޖަހާލާނެ ފެންތިކެއްވެސް ލިބެން ނެތީމައެވެ.

ޔަހޫދީ އިޒްރޭލުން ވަނީ ފެނުގެ ހުރިހާ ސަޕްލައި ކަނޑާލައި ހޮޅިތައް ގޮއްވާލައި، ޓޭންކްތަކާއި ހަންތައް ވެސް ގޮއްވާލާފައެވެ.

އާންމުކޮށް މެދުއިރުމައްޗަކީ ވާރޭ ވެހެން ދުރު ހަނަފަސް ސަރަހައްދެއް ކަމަށް ވާއިރު ވާރޭނެ ނިއުމަތަކީ އެމީހުނަށް ހާސް ނިއުމަތެވެ.

ހަބަރުތައް ބުނާގޮތުން ގާޒާގެ ދެކުނުން ރަފާ ގައި ހުންނަ އދ ގެ ސްކޫލުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިއީ މިހާރު ދިމާވެފައި ވާ ސިއްހީ ކާރިސާގެ މައްޗަށް އުފެދޭ ކާރިސާއަކަށް ވުމުގެ ބިރުވެސް އެބަޮތެވެ. ޑައިރިއާ އާއި އެކިއެކި ބަލިތައް ފެތުރިގެން ދިޔުމުގެ ފުރުސަތުވެސް އެބައޮތެވެ.