ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އިއްޔެ އިއްވި ހުކުމަކީ އެމްޑީޕީން ކުރި މަސައްކަތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ނެރުނު ނޫސް ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގެ ހުކުމަކ،ީ ގާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދ،ީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައި ދިން ހުކުމެއް ކަމަށެވެ.

އަދި މިއ،ީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް އެ ޕާޓީން ހުށަހެޅި ގަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައ،ި މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމަށްވާ މަޖިލީހުގައި "މަރުތަޅު" އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށް ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމެންގެ އުންމީދަކ،ީ ކުރިއަށް އޮތް ތަނުގައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރުން. އަދި އެއްވެސް ފަރާތަކުން ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސް އެޅިދާނެ ފަދައަކުން ކަންކަން ނުކުރުން." ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހަމައެހެންމެ ދިވެހި ރައްޔިތުންގެ އެންމެހައި ހައްގުތައް ރައްކާތެރިވެ ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ދީފައެވެ. އަދި އެ ޕާޓީން އެދުނު ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިޖީހުގެ އިދާރާގެ މައްޗަށް އަމުރުކުރުކޮށް ހުކުމްކޮށްފައިވާތ،ީ އެކަމަށްޓަކައ،ި ޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނަށް ވަނީ މަރުހަބާ ކިޔާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން، ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލަ ނިންމައި އިއްޔެ ހުކުމް ކުރީ އެމްޑީޕީއާ އެއްކޮޅަށެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށެވެ.

މީގެ އިތުރުން މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަން ޖެހޭ 5 މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

މި މައްސަލަ ނިމުމާއެކު އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. ނަމަވެސް އަދި އެޖެންޑާ މެންބަރުންނަށް ފޮނުވާފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެއެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ޖަލްސާއަށް ނަޝީދު ވަކިކުރުން އެޖެންޑާ ކުރާނެއެވެ