މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ (އެމްއޭސީއެލް)ގެ ގްރައުންޑް ހޭންޑްލިންގް އަށް ބޭނުންވާ ގިނަ އާ އިކުޕްމަންޓްތަކެއް ގެނެސްފިއެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏަށް އަލަށް ގެނައި ގްރައުންޑް ހޭންޑްލިންގް އިކިއުޕްމަންޓުތަކުގެ އެހީގައި އެއާލައިންތަކަށް ހިދުމަތް ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި އިކުއިޕްމަންޓް ތަކާއެކު ހިދުމަތް ދިނުމުގައި އިތުރު އަވަސް ކަމެއް ލިބިގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި އިކުޕްމަންޓުތައް ބޭނުން ކުރަން ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައި ވާއިރު މި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގްޑިރެކްޓަރު މަހުޖޫބް ޝުޖާއުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއޭސީއެލް އިން ވެލާނާ އެއާޕޯޓަށް އަލަށް ގެނައި ގްރައުންޑް ހޭންޑްލިން އިކުޕްމަންޓުތަކަކީ:

  • 4 ބަސް
  • 4 އެއާކްރާފްޓް ސްޓެއަރު
  • 2 ޔުނިވާސަލް ލޯޑަރު
  • 2 ހައިލޯޑަރު
  • 10 ބެގޭޖް ޓްރެކްޓަރު
  • 1 މިނީވޭން – 14 ސީޓުގެ
  • 1 ބަސް – 32 ސީޓުގެ
  • 1 އެއާކޮންޑިޝަން
  • 30 ކޯން އެންޑް ޗޮކް ޓްރޯލީ
  • 1 ކޮންޓެއިނަރ އެންޑް ޕެލެޓް ޓްރާންސްޕޯޓަރު
  • 4 ކޮންވެޔާ ބެލްޓް
  • 3 ގްރައުންޑް ޕަވާ ޔުނިޓް
  • 40 ކޮންޓެއިނަރު އަދި ޕެލެޓްޑޯލީ
  • 1 ޓޮއިލެޓް ޓްރަކް
  • 1 ޓްވިން ކެބް

މީގެ އިތުރުންވެސް އިތުރު ގްރައުންޑް ހޭންޑްލިންގް އިކުޕްމަންޓުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދެއްވާފައެވެ. އެމްއޭސީއެލްގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރަމުންދާއިރު އެއާޕޯޓުގެ އާ ޓާމިނަލް މަސައްކަތް އަންނަ އަހަރަށް ނިންމާދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރާއްޖޭގެ ވައިގެ މައި ބަނދަރު އޮޕަރޭޓް ކުރަމުން އަންނަ އެމްއޭސީއެލްގައި 4000 ހާ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.