އެމްޑީޕީ މެންބަރުންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރައްވާނެ ކަމަށް އެމްޑީޕީގެެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، ޔޫއޭއީގައި ބާއްވާ ކޮންފަރެންސެއްގައި ނަޝީދު ބައިވެރިބނުކުރަން ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލިސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައެވެ.
އިސްމާއިލް ފޮނުއްވި ސިޓީގައި ނަޝީދު އެ ކޮންފަރެންސަށް ވަޑައިގެންނެވީ މަޖިލީހުގައި މިހާރު އޮތް އެމަނިކުފާނު ރިޔާސަތުން ވަކިކުރުމުގެ މައްސަލައަށް ފިއްލަވަން ކަމަށް ވިދާޅުވެފައިވެއެވެ. އަދި، އެ ކޮންފަރެންސްގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ލިސްޓުން ނަޝީދު އުނި ކުރެއްވުމަށް ވެސް އެދިފައިވެއެވެ.
ނަޝީދު ވިދާޅުވީ، އެ ސިޓީތައް ފޮނުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) އަދި ރައީސްގެ ކޮއްކޯފުޅު ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އެންގުމަށް ކަމަށާއި އެމްޑީޕީގެ ލީޑަޝިޕުން މިހާރު އުޅެނީ ކުޑަކުދިން އުޅޭހެން ކަމަށެވެ.
އެމެސެޖާއެކު ޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކޮމިޓީ އޮން ޑިމޮކްރަސީ އެންޑް ހިޔުމަން ރައިޓްސްގެ މަގާމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ލިބިވަޑައިގެންނެވި ހަބަރުގެ ލިންކް އެ ގްރޫޕުގައި ޝެއާކުރައްވާ ޖީހާންއަށް މަރުހަބާ ވިދާޅުވެފައެވެ.
އެއާއެކު ނަޝީދު ވަނީ ހުރިހާ ތަނަކުން އެމްޑީޕީ މެމްބަރުން ވަކިކުރައްވާނެ ކަމަށާއި ވެރިކަން ގެއްލުމަށް ވުރެ ދެން ވާން އޮތް ކަންތައް މާބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވި އެމްޑީޕީ އިން ވަނީ ސުޕްރީމު ކޯޓަށް އެކަން ހުށަހަޅައިފައެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު ހުކުމް ކުރާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.
ކަލާތިޔަގޮތަށް ފޮނިކަނޑާއިރު ބޮއްފެންވަޅަށް ވެއްޓުނީމައި ވާގޮތް މަނިކުފާނަށް އެނގޭތަ
އަނގަ ސަލާމަތުން އޮތުމުން އެއްވެސް މީހެއް ކާޅެއް ނުކާނެއެވެ