އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ގާޒާގެ އުތުރަށް އަރައިގަންނަން ވެގެން އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ދެކުނަށް ދާން އެންވިއެވެ. އެއާއެކު ގިނަ ބަޔަކު ދެކުނުގެ އެކި ސިޓީތަކަށް ދާންވެސް ދިޔައެވެ. ނުދެވި ތިބި މީހުންނާއި ދާން ބޭނުން ނުވެ ތިބި އެތައް ބަޔަކު އުތުރުގައި މަޑުކުރިއެވެ.

އެމެރިކާގެ އެހީގައި އޮޒްރޭލުން ފެށި ނަސްލު ނައްތާލުމުގެ ނުބައި ޖަރީމާގައި ދެކުނަށް ދާން އަންގައި ދާންވީ މަގު ދައްކާ ހެދުމަށް ފަހު، މީހުން ދިޔަ ވަގުތު ބަލައި ދެކުނުގެ 4 ކޭމްޕަކަށް ގަސްދުގައި ބޮން އެޅި 4 ހާދިސާއެއް ފާހަގަ ކޮށްލާނަމެވެ.

މި ހާދިސާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވި އިރު ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.

އޮކްޓޯބަރު 8 ގައި ހާން ޔޫނިސަށް ދާން އިޒްރޭލުން އަންގާ އާންމުކުރި ޗާޓާއި 10 ވަަނަ ދުވަހު ހަމަލާ ދީފައި

ހާން ޔޫނިސް – އޮކްޓޯބަރު 10

އެ ދުވަހު ގާޒާގެ 200 ތަނަކަށް ހަމަލާ ދިން ކަަމަށާއި އެއީ ގާޒާގެ އުތުރުން ރިމާލް އަދި ދެކުނުން ހާން ޔޫނިސް ކަމަށް އިޒްރޭލުގެ ޑިފެންސް ފޯސް އިން ބުންޏެވެ. އެ ދުވަހުގެ ހަމަލާ އިޒްރޭލުން ހާން ޔޫނިސް އަށް ދިނީ އޭގެ ދެދުވަސް ކުރިން އޮކްޓޯބަރު 8 ވަނަ ދުވަހު، އާންމުން ހާން ޔޫނިސް އަށް ދާން އަންގައި ގިނަ ބަޔަކު ހާން ޔޫނިސް އަށް ގޮސްފައި ވަނިކޮށެވެ.

ހަމަލާ އަށް ފަހު އާންމު ވި ބައެއް ވީޑިއޯ ކްލިޕްތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ހަމަލާ ދީފައި ވަނީ ސީދާ ހާން ޔޫނިސްގެ ގެ މެދަށެވެ. އެކަން ސާފުވާ އެއް ހެއްކަކީ އެ ހަމަލާގައި ހާން ޔޫނިސްގެ މެދުގައި ހުންނަ ބޮޑު މިސްކިތް ގޮއްވާލާފައި ވުމެވެ.

ޔަހޫދީ އިޒްރޭލުން އެކަން ކޮށްފައި ވަނީ، ގާޒާގެ އުތުރުގައި ތިބި މީހުން ހާން ޔޫނިސް އަށް ދާން އިންޒާރު ކޮށް ލީފްލެޓް ބަހާ، ބައިނަލްއަގުވާމީ އިދާރާތައް މެދުވެރިކޮށް އިންޒާރު ދީ، ސޯޝަމްމީޑިއާގައި އިންޒާރު ކޮށް އަދި ދާންވީ މަގު ކުރަހާފައި ވާ ކަރުދާސްތައް ބެހުމަށް ފަހު އާންމުން ހާން ޔޫނިސް އަށް ދިޔަ ވަގުތުއެވެ.

އެ ދުވަހުގެ ހަމަލާ ދިނުމުގެ ކުރިން ހާން ޔޫނިސްގެ އިރުދެކުނުގައި އޮންނަ އަބާސަން އަލް ކަބީރާ އަދި އަބާސަން އަލް ޝަގީރާ ނޭނާހްޑްގައި ގައު އުޅޭ މީހުންވެސް ހާން ޔޫނިސްގެ މެދުތެރެއަށް ދާން އެނގި ކަމުގެ ހެކިވެސް އެބަހުއްޓެވެ. އެ ދުވަހު އެމީހުން ހާން ޔޫނިސްގެ މެދުތެރެއަށް ދާން އަންގާ އިޒްރޭލުން އާންމު ކުރި ވީޑިއޯ މެޖެސުގައި ދާންވީ ތަން ކުރަހާ ދައްކާފައި ވެސް ވެއެވެ.

އެއާއެކު ދިން ހަމަލާތަކުގައި 10 މީހަކު ޝަހީދުވި އިރު 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ.

އޮކްޓޯބަރު 8 ގައި ރަފާއަށް ދާން އިޒްރޭލުން އަންގާ އާންމުކުރި ޗާޓާއި 11 ވަަނަ ދުވަހު ހަމަލާ ދީފައި

ރަފާ – އޮކްޓޯބަރު 11

އޮކްޓޯބަރު 11 ވަނަ ދުވަހު ރަފާ ސިޓީ ސެންޓަރަށް ޔަހޫދީން ހަމަލާ ދިނީވެސް އޮކްޓޯބަރު 8 ވަނަ ދުވަހު، އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ސިޓީ ސެންޓަރުގައި ހުރި ސޭފް ހައުސް އަށް ދިޔުމަށް އިންޒާރު ކޮށް ދާން ވީ މަގު ހިމަނާ ވީޑިއޯ އާންމު ކުރުމަށް ފަހުއެވެ.

އެ ދުވަހު ދިން ހަމަލާ އިޒްރޭލުން އަމާޒުކުރީ ރަފާގެ މެދުތެރޭގައި ހުންނަ ނަޖްމީ ސްކެއާ އަށެވެ. އެތަން ފުނޑުފުނޑު ކޮށްލި އިރު 4 މީހަކު ޝަހީދުވެ ގިނަ ބަޔަކު ޒަހަމްވިއެވެ.

އޮކްޓޯބަރު 16 ގައި ދެކުނު ހާން ޔޫނިސްއަށް ދާން އިޒްރޭލުން އަންގާ 19 ވަަނަ ދުވަހު ހަމަލާ ދީފައި

ހާން ޔޫނިސް – އޮކްޓޯބަރު 19

ހަނގުރާމަ ފެށިތާ 8 ދުވަސް ފަހުން ހާން ޔޫނިސްގެ ޖަމާލް އަބްދުއް ނާސިރު ސްޓްރީޓަށް އިޒްރޭލުން ހަމަލާ ދިނެވެ. އެ ހަމަލާގައި ކާރޫބާރޫ ބޮޑު އެ މަގުގެ ދެފަރާތުގައި ހުރި އިމާރާތްތައް ހަލާކުވެގެން ދިޔައެވެ. ގިނަ ބަޔަކު ޝަހީދުވެ އަދި ޒަހަމްވިއެވެ.

އެ ހަމަލާ ޔަހޫދީން ދިނީ އޮކްތޯބަރު 16 ވަނަ ދުވަހު ގާޒާ ސިޓީގެ ރައްޔިތުން އަމަލު ކުރަންވީ ގޮތް އަންގާ އާންމު ކުރި މެސެޖެއްގައި "ކަލޭގެ ރައްކާތެރިކަމާއި ކަލޭމެންގެ އާއިލާގެ ރައްކާތެރިކަން ކަލޭމެނަށް މުހިންމުވާނެ" ކަމަށް ބުނެ އެންމެން ހާން ޔޫނިސަށް ދާން އެންގުމަށް ފަހުއެވެ. އެ އެންގުމާ އެއްގޮތަށް މަރަށް ބިރުން ގިނަ ބަޔަކު ހާން ޔޫނިސް އަށް ދިޔަތާ އެއީ 2 ވަނަ ދުވަހެވެ.

ހަމަލާ ދީ އެއްތައް ބަަޔަކު ޝަހީދު ކޮށްލީއެވެ.

އޮކްޓޯބަރު 8 ގައި ގާޒާގެ މެދުތެރެއަށް ދާން އިޒްރޭލުން އަންގާ 18 ވަަނަ ދުވަހު ހަމަލާ ދީފައި

ގާޒާގެ މެދުތެރޭހައި ހުންނަ ކޭމްޕްތައް – އޮކްޓޯބަރު 17،18 އަދި 25

ގާޒާގެ އުތުރު ބިތުގައި ހުންނަ މައި 4 ރެފިއުޖީ ކޭމްޕްގެ ތެރެއިން އަލް ބުރޫޖް ކޭމްޕަށް ހަމަލާ ދިނީ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. އެއީ ވަރުގަދަ ހަމަލާއެކެވެ. އިމާރާތްތައް ފުނޑުފުނޑުވެ ވެއްޓި އެތައް ބަޔަކު ވަޅުލެވުނު އިރު ލެއިން ތަތްތެޅިފައިވާ ހަށިގަނޑުތަކާއި ޝަހީދު ވި އެތައް ބަޔަކާއި ޒަހަމްވި އެތައް ބަޔަކު ފެނުނެވެ.

ޖެހިގެން އައި ދުވަހު އަލް ނުސައިރަތު ކޭމްޕަށް ވެސް ހަމަ އެފަދަ ހަމަލާއެއް ދިނެވެ. އެ ހަމަލާގައި 100،000 މީހުންނަށް ބޭނުންވާ ޕާން ފިހާ ބޭކަރީ ގޮއްވާލައި އެތައް ވެހިކަލެއް ހަލާކުވެގެން ދިޔަ އިރު އެތައް ފުރާނައެއް ގެއްލި ދިޔައެވެ.

އެ ދެ ހަމަލާވެސް އިޒްރޭލުން ދިނީ އޮކްޓޯބަރު 8 ވަނަ ދުވަހު، އިރުމަތީ ބިތުންނާއި ދެކުނު ބިތުން މަގާޒީ ކޭމްޕްގައި ތިބި މީހުން ގާޒާގެ މެދުތެރޭގެ ކޭމްޕްތަކަށް ދިޔުމަށް އެންގުމަށް ފަހުއެވެ.

އެތައް ބަޔަކު ޝަހީދުވެގެން ދިޔަ އިރު ހަމަ އެ ދެ ދުވަހުގެ ތެރޭގައި ދެއިރް އަލް ބަލާއަށް ވެސް ހަަމަލާ ދީ ބަޔަކު ޝަހީދު ކޮށްލިއެވެ.

އެގެ ފަހުން އޮކްޓޯބަރު 25 ވަނަ ދުވަހު އަނެއްކާ އަލް ނުސައިރަތު ކޭމްޕަށް ހަމަލާ ދިނެވެ. އެއީ އަލް ޖަޒީރާގެ ގާޒާ ކޮރަސްޕޮންޑަންތް ވާއިލް އަލް ދަދޫގެ އާއިލާ ޝަހީދު ކޮށްލި ދުވަހެވެ. އެ ހަމަލާގައި އޭނާގެ 7 އަހަރުގެ އަންހެން ދަރިފުޅާއި ޒުވާން އުމުުރުގެ ފިރިހެން ދަރިފުޅުގެ އިތުރުން އޭނާގެ އަންހެނުން ވަނީ ޝަހީދުވެފައެވެ.

"ގާޒާގައި ތައްކާތެރި އެއްވެސް ތަނެއް ނެތް" ދަދޫ އެހެން ބުނީ، އިޒްރޭލުން ހަމަލާ ދިނުމުގައި އަމާން ތަންތަން ކަމަށް ބުނެ އެތަންތަނަށް މީހުން ދާ ވަގުތު ބަލާ ހަމަލާ ދެމުން ދިޔުމާއި، އޭނާގެ އާއިލާވެސް އެ ކޭމްޕަށް ދިޔައީ، އިޒްރޭލުގެ އިންޒާރާއެކު ރައްކާތެރިކަން ހޯދަން ކަމަށް ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ޑިފެންސް ފޯސް އާ ސުވާލު ކުރުމުން ދިން ޖަވާބަކީ އެ ހަމަލާތައް ދިން ތަންތަނާ ބެހޭގޮތުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

"އަހަރެމެން އެންގިން އެންމެން ގާޒާގެ ދެކުނަށް ދާން، ރައްކާތެރިކަން ހޯދަން، އެކަމަކު ދުޝްމަނުންގެ މަގާމުތައް ކަމަށް ބެލެވޭ ހުރިހާ ތަނަކަށް ހަމަލާ ދޭނަން"
އައިޑީއެފްގެ ތަރުޖަމާން

އިތުރަށް އިޒްރޭލުން ބުނީ، ހަމަލާތައް ދެމީ ވީހާވެސް ބޮޑަކަށް އާންމުން ރައްކާތެރި ކުރެވޭނެ ގޮތަށް ބައިނަލްއަގުވާމީ ހަމަތާކާ އެއްގޮތަށް ކަމަށާއި އެގޮތުން ދުރާލާ އިންޒާރު ދޭން ޖެހޭ ހާލަތުގައި ދީފައި ވާނެ ކަމަށާއި އިންޒާރު ނުދީވެސް ހަމާސް ގެ މެންބަރުން އަދި މަގާމުތަކަށް ހަމަލާ ދޭނެ ކަމަަށެވެ.

ހަނގުރާމަ ފެށިފަހުން އިޒްރޭލުން ޝަހީދު ކޮށްލި މީހުންގެ އަދަދު 8525 އަށް އަރާފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 21543 އަށް އަރާފައެވެ.