ޕާސްޕޯޓު ގެއްލުމުން، އަލުން އާ ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު އިސްލާހު ކޮށްފިއެވެ.
މީގެ ކުރިން ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000-20،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެއެވެ. އެއީ ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރު 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 20،000 ރުފިޔާއެވެ.
ނަމަވެސް މިހާރު ގެނައި އިސްލާހާއެކު ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާއެކު ހުށަހެޅުމުން 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ގަވައިދަށް ބަދަލު ގެނެސްފައެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް ގަވާއިދުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ޕާސްޕޯޓުގެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތް ނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެ އިން ބޭރަށް ފުރާ އިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް އިމިގްރޭޝަނުން ދޫކުރާނެ ކަމަށް ވެސް ގަވައިދުގައި ބުނެއެވެ.
އާ ގަވައިދުގައި ބުނާގޮތުން 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރު ޕާސްޕޯޓް ގެއްލިގެން ހެއްދުމަށް 799 މީހުން ވަނީ ހުށައަޅާފައެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 519 މީހަކު ވަނީ ޕާސްޕޯޓް ގެއްލިގެން ހުށައަޅާފައެވެ.
މިމީހުން އޭގެ އަގުހެޔޮ ކުރަން މަޗުބޫރު ވާނެތާ މިވި ގޮތަކި މިމިހުން މީހުންގެ ގަން އައިޑީ ކާޑުތަކި ޙާސްޙޯޓުތައް އެބަބޭ ދެއްތޮ ހަދާދޭން އެވެން ވީމަ އަގު ހެޔޮ ނުކޮއް ނުވެގެން އަތައް ގޮވާގެން އެމީވުންނައް އެކަން ކޮއް ދިނުމުގެ މަގުސަދުގަ ކުރިކަމެ ދެން ރައްޔިތުން ބުނާނެ ދެއްތޮ ވަރައް ރަ.ގަޅުބައެކޭ ހުސް އޮޅުވާމުން ހުރިހާ ރައްހިތުން ނައް އިންގޭ މިހާރު ވާނުވަ