ގދ. ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުން، ގައްދޫގައި މި ހިދުމަތް ތަޢާރަފްކުރީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ދަށުންކަމަށެވެ. މިއާއެކު، ގދ. އަތޮޅުގެ ރައްޔިތުންނަށް މިހާރު ތިނަދޫ ސިޓީގެ އިތުރުން ގައްދޫއިން ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ސަރުކާރުގެ އަމާޒަކީ އިމިގްރޭޝަނުން ފޯރުކޮށްދޭ ޕާސްޕޯޓުގެ ހިދުމަތް ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުން ލިބޭނެ ގޮތް ހެދުމެވެ.

މީގެ ކުރިން މިފަދަ ހިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބޮޑު ބުރައެއް އުފުލަން ޖެހުނު ނަމަވެސް، ރަށްރަށުގައި މި ހިދުމަތްތައް ގާއިމުވުމުން އެ މާލީ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ.