ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިން ޕްލެޓްފޯމެއް ތައާރަފު ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ، މި ޕްލެޓްފޯމް ތައާރަފް ކޮށްފައި ވަނީ ޕީއެސްއެމް އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މި ޕްލެޓްފޯމުން ޕްރައިވެޓް ބަޔަކަށް ނުވަތަ އެ ނޫން ވެސް ކުންފުންޏަކަށް އަދި ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ، ޕީޖީ އޮފީހުން އާންމުންނަށް ފޯރުކޮށް ދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމުގެ ގާބިލުކަން ފަހިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެގޮތުން މި ޕްލެޓްފޯމް މެދުވެރިކިށް މުހިންމު މައްސަލަތަކާ ބެހޭ ގޮތުން، ނުވަތަ ގާނޫނީ ބަހުސްތަކާ ބެހޭ ގޮތުން ޕީޖީ އޮފީހުން އޢންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު، މި ޕްލެޓްފޯމުން، މިނިވަންކަމާއެކު ފޮނުވަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީން ބުނީ, މި ޕްލެޓްފޯމްގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައި ވަނީ މުޅިން ވެސް ދިވެހިން ކަމަށެވެ.

އެ ޕްރޮގްރާމުތައް އަޑުއަހާނެ ލިންކު ޕީޖީ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝެއާކޮށްފައެވެ.