ޕޯސްޓް އޮފީހުގެ ނަމުގައި ސައްހަ ނޫން މެސެޖެއް ދައުރު ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ، ޕޯސްތްގެ ނަމުގައި ފޭކު މެސެޖެއްގެ ގޮތުގައި ފޮނުވަމުން ދަނީ ޕެކޭޖަށް ޑެލިވަރީ ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ބުނެއެވެ. މިގޮތުން އަނެއްކާވެސް ޑެލިވަރީ ކުރަން މަސައްކަތް ކުރާނެ އެޑްރެސް ކަށަވަރުކުރުން ލިންކެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ، މިއީ ސައްހަ އެސްއެމްއެސްއެއް ނޫން ކަމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ކުރާ މި އެސްއެމްއެސްގައި ވާ ލިންކުތަކަށް ނުވަންނަން އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެކި ނަންނަމުގައި މީހުން ގުޅާ، ގެ ޒާތީ މައުލޫމާތު ހޯދާ، ފައިސާ ފޭރެމުންދާތީ ކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.

އަދި ހަމައެހެންމެ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.