މާލޭގެ ފިހާރައަކަށް ވަދެ، އެ ފިހާރައިގައި އިން ސޭޓަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ 15 ދުވަހަށް ބަންދުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ޗާންދަނީމަގުގައި ހުންނަ "ޑްރީމްސް މޯބައިލް" ފިހާރަ އަށް އަންހެނަކު ވަދެ، އެ ފިހާރައިގައި ހުރި ސޭޓު ކައިރީ ފޯނެއް ދެއްކުމަށް އެދެއެވެ.

ޖެހުނީ ކޮން މައްސަލައެއް ކަން ސާފުނުވި ނަމަވެސް، އަންހެން މީހާ ކޮންމެވެސް ކަމަކާ ނުރުހިގެން ޒުވާބު ކުރާ މަންޒަރު ފެނެއެވެ. އެއަށް ފަހު މީހަކު އާދޭތޯ ބެލުމަށް ފަހު ވާއަތު ޖީބުން ވަަޅި ނަގައި ސޭޓުގެ ކަރުގައި ވަޅި އަޅާ މަންޒަރު ވެސް ފެނެއެވެ.

އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި 29 އަހަރުގެ ދިވެހި އަންހެން މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ ބަންދެއް ދީފައިވާ ކަމަށް، ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހްގީގު ކުރަމުންނެވެ.