ޅ. ނައިފަރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލުނުތާ ތިން ދުވަސް ފަހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު / ސީނިޔާގެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާ އިން ރިޕޯޓުކޮށްފައި ވާތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައިސަރާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ނައިފަރުން ކަމަށާއި، އޭނާ ފެނުނު އިރު ހުރީ މުށިކުލައިގެ ޓޮޕަކާއި މަޑު ނޫކުލައިގެ ޖިންސެއް ލައިގެން ކަމަށް، އާއިލާ އާ ހަވާލާދީ ފުލުހުން ބުންޏެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނައިފަރު ފުލުހުންނަށް (9792187) ނުވަތަ ފުލުހުންގެ ހޮޓްލައިނަށް (3322111) ގުޅުމަށް ފުލުހުން އެދެއެވެ.