ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.
ނަޝީދު ވޯޓު ލެއްވީ، އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަކަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ އެމްޑީޕީއާއި ޕީޕީއެމްއަށް ވެސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޑިމޮކްރަޓްސް އިން ހުށަހެޅި ހުށަހެޅުމަކީ ނިޒާމު ބަދަލު ކުރުމަށެވެ. ނަމަވެސް މި ހުށަހެޅުމަށް އެއްވެސް ޕާޓީއަކުން އާނބަސް ބުނެފައި ނުވާއިރު ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމަށް ނަޝީދު އިއުލާން ކުރެއްވިއެވެ.
ނަމަވެސް މިއަދު ނަޝީދު ވޯޓު ލެއްވުމާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ އެމަނިކުފާނު ވޯޓު ލެއްވީ ކޮން ކެންޑިޑޭޓަކަށް ތޯ ސުވާލު އުފައްދާފައެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާފައި ވެއެވެ. އެއީ އަތޮޅުތަކުގައި 319 ފޮށްޓާއި، މާލެ ސަރަހައްދުގައި 187 ފޮށްޓާއި، ރިސޯޓުތަކުގައި 65 ފޮށީގެ އިތުރުން، ރާއްޖޭން ބޭރުގައި 9 ފޮށްޓެވެ. އަދި ހަމައެހެންމެ ޖަލުތަކުގައި 5 ފޮށި ބަހައްޓާފައިވާއިރު ސިނާއީ ސަރަހައްދުގައި 1 ފޮށި ވަނީ ބަހައްޓާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ވޯޓުލާފައި ނުވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 50،047 މީހުން ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހާފައެވެ.
ތިއީ މީހުންގެ ސަމާލުކަން ހޯދަން އުޅޭ މީހެއް. ބުނާބަހާ ޢަމަލާ ދިމާނުވޭ. މިނަން ނިޞްބަތްވަނީ ކޮންބަޔަކަށް.
ބަރުލަމާނީއައް ވޯޓުލާފަ އެދިޔައީ ނަސީދު