ކުޑަގިރިއަށް ދަތުރު ގޮސް އުޅުނު ޒުވާނަކު ވޯޓާސްލައިޑުން ވެއްޓި، ކަނދުރާ ބިނދި މަރުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ މާލެއަށް އުފަން އުމަރު އަބްދުލްހަންނާނު، 34އ، އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކުޑަގިރިއަށް ދަތުރުގޮސް އުޅުމުގެ ތެރޭގައި ސްލައިޑު ކުރުމަށް އެއަށް އެރީ ބޯކޮޅު ވަތަށެވެ. އަދި ސްލައިޑު ކުރި އިރު އޭނާގެ ބޯ ޖެހުނީ މޫދުގެ ވެލުގަނޑުގައި ކަމަށާއި ވެލިގަނޑުގައި ޖެހިފައި އޭނާގެ ކަނދުރާ ބިންދައިގެން ދިޔައީ ކަމަށް މައުލޫމާތު ލިބެއެވެ.

ކަށުނަމާދު ޕޭޖުގައި އުމުރުގެ ޖަނާޒާގެ ޕޯސްޓު / ފޮޓޯ: ކަށުނަމާދު ޕޭޖް

މި ހާދިސާއާ ގުޅިގެން އޭނާއަށް އޭޑީކޭ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އުމަރުގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އިޝާ ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ހުންނަ މަސްޖިދު ޒައިދުބިން ޘާބިތުގައެވެ.