ފެމިލީ ކޯޓުގެ މަރާމާތުގެ މަސައްކަތް ނުނިމި އޮއްވާ ރޭ ކުރި ވިއްސާރާގައި އެ ކޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފެމިލީ ކޯޓުގެ މީޑީއާ އޮފިޝަލަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައިވެނީގެ ރަޖިސްޓްރާ އިންނަވާ ކޮޓަރިއަށް، އެތަން ހެދިފައިވާ ގޮތުން މީގެކުރިން ވެސް ވާރޭ ވެހިއްޖެނަމަ ފެން ލީކުވެ، ފެނުގެ އަސަރު ކުރާ ކަމަށެވެ. އަދި މިދިޔަ މާޗު މަހު މަރާމާތުގެ މަސައްކަތް ފަށާފައިވީ ނަމަވެސް އެކި ސަބަބުތަކާ ހުރެ އަދިވެސް އެ މަސައްކަތް ނުނިމޭ ކަމަށެވެ.
މަރާމާތުގެ މަސައްކަތް ނުނިމި އޮތުމުން މުޅި ކޯޓަށް ގެއްލުންވެފައިވާ ކަމަށާއި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވުމުން އެއްވެސް ވަރަކަށް އެ ކޯޓުގައި މަސައްކަތް ކުރެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ އިމާރާތުގައި ހިދުމަތް ދެވެން ނެތުމުން އެ ކޯޓުގެ ބައެއް ސްޓާފުން ޖަސްޓިސް ބިލްޑިންއަށް ގެންގޮސް، ޖަސްޓިސް ބިލްޑިންގައި ހިދުމަތް ދެމުން ގެންދާ ކަމަށް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ އެފަދަ އިމާރާތެއްގައި ތިބުމަކީ ސްޓާފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށްވާތީ އެ އިމާރާތުގައި މިއަދު އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާކަމަށެވެ. އަދި ލިޔެކިޔުންތަކާ އެންމެހާ ވަސީލަތްތަކާއި ސާވާ ރޫމްއަށް ވެސް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވާއިރު ސީލިންގް ވެސް ވަރަށް ބޮޑަށް ހަލާކުވެ ވެއްޓެމުންދާ ކަމަށެވެ.
ރޭ މާލެއަށް ކުރި ވިއްސާރާގައި ފެމިލީ ކޯޓަށާއި އެ ކޯޓުގައި ހުރި ތަކެއްޗަށް ގެއްލުންވެ އެ ކޯޓުގެ ހެންވޭރު އިމާރާތުން ދެމުންދާ ހިދުމަތްތައް މިވަގުތު އެ އިމާރާތުން ދެވެން ނެތުމުން މިއަދުން ފެށިގެން އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބައިގައި ތާވަލު ކުރެވިފައިވާ ސުލްހައިގެ ސެޝަންތައް ކެންސަލް ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.
ފެމިލީ ކޯޓުން އިތުރަށް ބުނީ އެ ކޯޓުން ދެމުންދިޔަ ހިދުމަތްތަކުގެ ތެރެއިން ކާވެނިތައް އަގުދުކޮށްދިނުން، ކާވެންޏާއި ގުޅުން ހުރި ފޯމުތައް ބަލައިގަތުން، ކައިވެންޏާއި ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ސެޝަންތަކުގެ އިތުރުން ދަރިންގެ ހަރަދު، އިއްދައިގެ ހަރަސު އަދި ޖޫރިމަނާ ފައިސާ ބަލައިގަތުން ޖަސްޓިސް ބިލްޑިންގެ ގްރައުންޑް ފްލޯއން ދޭ ގޮތަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
ރޭ މާލެއަށް ކުރި ވިއްސާރައިގައި އެ ކޯޓަށް ލިބުނު ގެއްލުންތައް ބައްލަވާ ލެއްވުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަނީ އެ ކޯޓަށް ޒިޔާރަތް ކުރެއްވާފައެވެ. އަދި އެ ކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
ދެން އެއްމެއަވަހަށް ތިގޮތަށް އިޔާދަ ނުކުރެވޭ ގެއްލުނަ ވާނެ ތަނަކީ ރައީސް އޮފީސް ކަމަށް މިހާރު ތިބުނާ ޖަރީމާ އޮފީހަށް ރައީސް އޮފީސްވެސް