ވަރިކޮށް ތިން ފަށްވިތާ ފަސް އަހަރުވެގެން ދިޔައިރު ވެސް ފިރިހެން މީހާގެ، ގެއިން އަންހެން މީހާ ނުނިކުމެގެން ހުށަހެޅި މައްސަލައެއް ހައި ކޯޓަށް ހުށަހެޅިތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ފަހުން ހުކުމްކޮށްފިއެވެ.
އުމުރުން ދުވަސްވީ ދެ މީހުން ވަރިވެފައިވަނީ އޮކްޓޯބަރު 22، 2019 ގައެވެ. ތިން ފަތްވެފައިވާ އަންހެން މީހާ ގެއިން ނުކުމެގެން ދާން ތަކުރާރުކޮށް ބުނެގެން ވެސް ނުނިކުތުމުން އެ މައްސަލަ އެންމް ފުރަތަމަ ހުށަހެޅީ ރަށު ކޯޓަށެވެ. މައްސަލަ ހުށަހެޅުމުން ހުކުމްކުރީ ފިރިހެން މީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ގޭގައި އަންހެން މީހާ ބައިންދަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށާއި 48 ގަޑިއިރު ތެރޭ ގެއިން ނުކުތުމަށެވެ.
އެ ނިންމުން އަންހެން މީހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން މި މައްސަލަ ބަލައި ހުކުމްކުރުމަށް ފަސް ވަރަކަށް އަހަރު ހޭދަވެފައިވާއިރު މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި އަންހެން މީހާ ހުށަހެޅި ހެކިތަކަކީ
- ފިރިހެން މީހާއާ ތިން ވަނަ ފަހަރަށް ކައިވެނިކުރީ "ދެން އިންނާނީ މިގެއިން ނެރެ ބޭރުކޮށްނުލާނެ ކަމަށް އެއްބަސްވުމުން" ކަމަށް ބުނުމުން އެގޮތަށް ރުހިގެން ކަމަށެވެ. މިކަން ސާބިތުކުރުމަށް ދަރިން ހާޒިރުކޮށްދޭން އެދުމުން ދަށު ކޯޓުން އެކަން ނުކުރި ކަމަށް ބުނި ނަމަވެސް ހައި ކޯޓުން ބުނީ ދަރިން ހާޒިރުކޮށްދޭން އެދިފައި އޮތީ ގޭތެރޭގައި އާންމުކޮށް ކަން ހިނގާ ގޮތާއި އާއިލާގެ އުޅުން ހުރި ގޮތް ފަދަ ކަންކަން ސާބިތުކޮށްދޭން ކަމަށެވެ.
- އެ ގެޔަކީ ރަށުން ގޯތި ދޫކުރި އިރު "ކާވެނިމަތީ ތިބި" މީހުންނަށް ދިން ގޯތިތަކެއް ކަމަށާއި ޕޮއިންޓް ހަމަވެ ގޯތި ލިބުނީ ކައިވެނިކޮށްގެން ތިބުމުން ކަމަށް ވާތީ އެ ގޯތީގައި އަންހެން މީހާގެ މަސްލަހަތު ވެސް އޮންނާނެކަމަށް ބުނެފައިވެއެވެ. އެކަމަކު އަންހެން މީހާ ވަނީ ގޯތީގައި އިމާރާތްކުރުމާއި ގޭގެ ހަރަދުތަކަށް އެއްވެސް ހޭދައެއްކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.
- ކާވެނިކޮށްގެން ތިބި އިރު ލިބިފައިވާ މުދާ ބެހުމާ ގުޅޭ އެއްވެސް ވާހަކައެއް ޝަރީއަތުގައި ދެ މީހުން ވެސް ދައްކައިފައެއް ނުވެއެވެ. އަދި މުދާ ބެހުމާއި ބެހޭ އެއްބަސްވުމެއް ވެސް ދެމަފިރިންގެ މެދުގައި ހަދައިފައެއް ނުވެއެވެ.
މި މައްސަލައިގައި އަންހެން މީހާ ކޯޓުގައި ބުނީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމީ އެކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ. އަދި ގާނޫނުގެ އިތުރުން އިސްލާމީ ޝަރީއަތުގައި ކަންކަން އޮންނަ ގޮތަށް ވެސް ބަލަންޖެހޭނެކަން އެ އަންހެން މީހާ ވަނީ ފާހަގަކޮށްފައެވެ.
ހައި ކޯޓުން މައްސަލަ ނިންމި އިރު ބުނެފައިވަނީ ގޯތި ލިބުނީ ކާވެނިކޮށްގެން ތިބުމުންކަމަށް ވާތީ ގޯތީގައި އަންހެން މީހާގެ މަސްލަހަތެއް އޮންނާނެ ކަމަށެވެ. އަދި ރަށު ކޯޓުގެ ނިންމުމަކަށް ރިއާޔަތްކޮށް ހައި ކޯޓުގެ ހުކުމުގައި ވަނީ ގޯތި ލިބުމުގެ މައިގަނޑު އަސްލަކީ ކާވެނިކޮށްގެން ހުރުން ކަމަށްވުމާއި އެކު ގޯތި ހޯދައި ގޯތީގައި ދިރިއުޅުން އާރާސްތުކުރުމުގައި ދެމަފިރިންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށެވެ.
އަންހެން މީހާ ބުނާ ކަންކަން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް، ގާނޫނުގައި ބުނާ ގޮތުގެ މަތިން ކިތާބީ އަދި ޝަފަހީ ހެކި ލިޔުމުން ހުށަހަޅާފައި ނެތްކަން ފާހަގަކޮށް ހައި ކޯޓުގެ ހުކުމުގައިވަނީ ދައުވާކުރާ މީހާ ބުނާ ނުކުތާތަކުގެ މައްޗަށް އެކަނި ބަލައިގެން އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުން ފިރިހެން މީހާއާ އެއްކޮޅަށް ކުރި ހުކުމް އަދިވެސް ދެމި އޮތް އިރު، ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް 30 ދުވަހުގެ މުއްދަތު ލިބޭނެއެވެ.

މި ޚަބަރަށް އެކި ގޮތް ގޮތަށް ކޮމަންޓް ކުރައްވާ ބޭފުޅުންނަށް ދަންނަވާލަން ޚަބަރުގަ ފާހަގަ ކޮށްފައިވާ އަންހެން މީހާ އެއްއިރެއްގަވެސް އެގެއިން ނުނިކުމެ ހުންނާކަށް ނޫޅެ އޭނާ އެގޭގައި ބައިންދަން މަސައްކަތް ކުރަނީ އޭނާގެ ހަތްދަރިން. އެކުދިންގެ މަންމަ އެކުދިންނަށްޓަކައި ވީ މަތިވެރި ގުރުބާނީ އަށްޓަކާ. އެކުދިން މަސަކަތް ކުރަނީ މަންމަ ގެ ހައްޤު ހޯދައިދޭން. އެންމެ ފުރަތަމަ ދަރިފުޅު އުފަންވި ދުވަހުން ފެށިގެން މިއަދާހަމައަށްވެސް އިދެގެން އުޅުނުމީހާގެ އަނިޔާވެރިކަމާ އަޅާލުމެއް ނެތްކަމަށް، ކެތްކުރަމުން ދިޔައީ އެދަރިންގެ ހައްޤުގައި. ދޭހާއަތްވާ ވެހޭހައި ވިއްސާރަ އެއްގައި ވަރުބަލިކަމެއްނެތި އެއްވެސް އިތުރުމީހެއްގެ އެހީތެރިކަމެއް ނެތި. ދަރިންގޮ ވަައިގެން ސުކޫލް ދޮށަށްހިނގީ އެކަނިމާއެކަނި ދަރިންގެ ބަނޑުފުރާނަ މުއްތިކޮއްލެވޭނޭފަދައެއް ނެތި ގިނަފަހަރު އަވައްޓެރިން ގެ ގޭގެއިން ލައިގެން ކާނޭއެތިކޮޅެއްހޯދާ ދަރިންނަށް ކާންދީ ތިމާ ނުކައިނުބޮއި ކުޑަކުޑަ ފަންޖިފުޓިއެއްގެތެރޭ ހަތްދަރިން ގޮވައިގެން ރޯލަރޯލާ ކެއްކުރަމުން ދިޔައީ ދަރިންގެ މުސްތަގުބަލަށްޓަކައި. މިއަދު އެ ހަތްދަރިންނަކީ ކިޔަވައިގެންތިބި މޮޅުކުދިންތަކެއް މިއަދު އެކުދިންގެ ތެރޭގައި ތަޢުލީމީ ރޮގުން ބެޗްލާސް އާއި މާސްޓާރސް ހަދާފަތިބި ކުދިން އެބަތިބި ހުރިހާކުދިންނަކީ ވެސް ޒިއްމާދާރު ވަޒީފާ ތަކުގަތިބި ކުދިން. އެންމެ ދަރިއަކުވެސް ގޯސްމަގަކުން ދިޔަނުދީ ހިތްވަރާއެއެކީ އެކަނިމާއެކަނި ހުރިހާ ދަރިން ބަލާބޮޑުކުރީ އެ މަންމަ. ފިރިހެންމީހާގެ އުމުން ފަސްދޮޅަސްފަސް އަހަރުންމައްޗަށް ދިއުމުން ދައުލަތުންދޭ ފަސްހާސްރުފިޔާ އިންއުޅެވޭނޭ ކަމަށްބަލާ ޅަ އަންހެނަކާ ހިތާވެގެން އުޅުނީ. އިދެގެން އުޅުނު އަނބިމީހާ ވަރިކޮށް ގޭންނެރެ އެއްލާލަން ދިމާކުރީމާ އެއާ ދެކޮޅައް ނިކުތީ އެ ހަތްދަރީން. ފިރިހެންމީހާގެ ގޯއްޗަކަސް ގެ އަޅާފަހުރީ ދަރިން ޚަރަދުކޮށްގެން. ދިރިއުޅޭ ގެ ރާނަން ރަށުތެރެ އިން މަސައްކަތް ކުރާނެ މީހުން ހޯދައި، އެ މީހުނަށް ކައްކާ ކާންދީ ހެދީ އަންހެން މީހާ. ގެ ހެދުމަށް ދެންހުރި އިތުރު މަސައްކަތްތައް ކޮށްދިނީ އަންހެން މީހާގެ ޢާއިލާގެ މީހުން. އަންހެން މީހާގެ އަމިއްލަ ރަށް ދޫކޮށް އެ ފިރިހެން މީހާ އާއި ކައިވެނި ކޮށްގެން އައިސް އަންހެން މީހާގެ އާއިލާއާ ދުރުގައި އުޅުނު ދަތި ހާލު އެއްވެސް މީހަކަށް ތަސައްވަރު ކޮށްލުމަކީ އުނދަގޫކަމެއް. އެ ފިރިހެން މީހާއަކީ ޒުވާން ޢުމުރުގައި މަސައްކަތްކޮށް ލިބުނު ރުފިޔާއިން އަމިއްލަ ހިތްހަމަ ޖެހުމަށް ބޭނުންހައި ކަމެއްކޮށްގެން އުޅޭ މީހެއް. މިހާރުވެސް އެ މީހާގެ ކަމަކީ ޒުވާނުން އުޅޭހެން އެއް މޭޒުން އަނެއް މޭޒަށް ކޮފީއާއި ދަޅުބޮމުން ދުވުން. އެއް ޖޯލިން އަނެއް ޖޯއްޔަށް ފޮނި ބައިސާ ކަނޑަމުން ހިނގުން. ދަރިންގެ މަންމަ ވަރިކޮށްފައި ފިރިހެންމީހާ ގޮސް ކ.އަތޮޅު ދިއްފުށިން މީހަކާ
ދަރިންގެ މަންމަ ވަރިކޮށްފައި ފިރިހެންމީހާ ގޮސް ކ.އަތޮޅު ދިއްފުށިން މީހަކާ ވެސް އިން. ނަމަވެސް އެމީހާއަށް ވެސް ޚަރަދު ނުކުރާތީ އެ އަންހެން މީހާ ކޯޓަށް ގޮސްގެން ވަރިވީ. 7 ދަރިން ތިބި އިރުގައި 7 ދަރިން މަންމަގެ ދިފާޢުގައި ތިބޭނީ އެ މަންމައަށް އިޚްލާސްތެރި ޚިދުމަތެއް ކޮށްދެވިފައި އޮތީމަ ކަން ޔަޤީން. (މި ކަނބަލަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެ ދިވެހި ކަނބަަކުވެސް ނަމޫނާ އަކަށް ބަލަންޖެހޭ ވަރުގެ ކަނބަލެއް ) އަޅުގަނޑަކީ އެ ހިއްވަރުގަދަ މަންމަގެ ދަނބި ދަރިއެއް، އެއީ އަޅުގަނޑުގެ މައިދައިތަ އަށްވީތީ ފަޚުރުވެރިވަން ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ސޯޝަލްމީޑިއާގައި ލިޔުނުކަމުގައިވިޔަސް މަންމަގެ ހައްގު ހޯދާދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. 40 އަހަރުވަންދެން ކުރި އިޚްލާސްތެރި ބުރަ މަސައްކަތުގެ ޙައްޤު މިންވަރަކީ 3 ފަށް ކޮށް ގެއިން ނެރެ އެއްލާލުން ކަމަށް ޤަބޫލުކޮށް އެކަމަށް ތާއީދު ކުރާނީ ވ. އަނިޔާވެރި ބައެއްކަން ޔަޤީން. މިފާޅުކުރީ ވަރަށް ކުޑަމިންވަރެއް. އަޅުގަނޑުގެ ދުޢާ މާތްﷲގެ ވާގި ފުޅާއި އެކު މިކުރާ މަސައްކަތުގައި ބަރަކާތްލައްވާ ކާމިޔާބު މިންވަރު ކޮއްދެއްވުން امين.