ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އއ އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ރައީސް ފައްޓަވައިދެއްވާފައިވަނީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަސްދޫއަށް ވަޑައިގެންނެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން އއ. ރަސްދޫގައި މިއަދު ރަސްމީކޮށް ޕާސްޕޯޓުގެ ހިދުމަތް ރައީސް ފައްޓަވައިދެއްވާފައިވާކަމަށާއި، މި އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ މުޅި ރާއްޖެއަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް މި އަަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ވަކި ތާރިހުތަކެއް ވެސް ރައީސް ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.