އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން "މެގަ ސޭލް ޕްރޮމޯޝަން" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް ވެއެވެ

އަދި ލަކީ ޑްރޯއިގެ ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ އަދި ނަސީބުވެރި ފަރާތްތްކަށް އަގުހުރި ގިނަ އިނާމު ތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން އިނާމުތަކުގެ ތެރޭގައި:

  • 1 ވަނަ އަށް ހޮވޭ ފަރާތަކަށް - ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެއް
  • 2 ވަނަ އަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ވޯޓާ ޑިސްޕެންސާ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް
  • 3 ވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ޑިޝް ވޮޝާ އަދި ރައިސް ކުކަރެއް
އެސްޓީއޯ މެގަ ސޭލް ޕްރޮމޯޝަންގެ އިޝްތިހާރެއް

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެ ގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާ ކުރައްވައިގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕާއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް #MegaSalePC އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްގެން ފިލިޕްސް އެއާ ފަރަޔާ އެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސްއިން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮގަސްޓް 2025 ން ފެށިގެން 20 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކަމަށް އެސްޓީއިން މައުލޫމާތު ދެއެވެ.