ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު ފޮޓޯއާއެކު އާންމުކުރުގެ ގަވައިދަށް އަމަލުކޮށް ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތެއްގެ މައުލޫމާތު މިއަދު ފެމެލީ ކޯޓުން ވަނީ އާންމުކޮށްފައެވެ.

މިއަދު ފެމެލީ ކޯޓުން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ މާލެ ދަފްތަރު ނަންބަރު ރސ2758 އަހްމަދު އަލީގެ ފޮޓޯ އާއި އެކު އޭނާއަކީ ދަރިފުޅުގެ ހަރަދަށްވާ ފައިސާ ކޯޓު މެދުވެރިކޮށް ދައްކާފައިވާ ފަރާތަކަށް ނުވާތީ ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާގެ މައުލޫމާތު އާންމުކުރާކަން ހާމަކޮށްފައެވެ.

ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތުގެ މައުލޫމާތު އާންމުކޮށް ޝާއިއުކުރާގޮތަށް ނިންމާ ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު މި ގަވައިދުގެ ދަށުން ސާބިތު ހަރަދެއް އޮވެ ކޯޓަށް އެ ހަރަދު ނުދައްކާނަމަ އަމަލުކުރާނެ ބަޔާންކޮށްފައިވެއެވެ. އެގޮތުން މިފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތަކަކީ

- ކޯޓުގެ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ ހުކުމްތައް ފާހަގަކޮށް، އެފަދަ ހުކުމްތައް ތަންފީޒުކުރެވެމުންދޭތޯ ކަށަވަރުކުރަން

- ކޯޓުން އިސްވެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އެއް ފަހަރު ބެލުން

މީގެ އިތުރުން މި ގަވައިދުގެ ދަށުން ހުކުމް ތަންފީޒުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ދެފަރާތުން އެއްބަސްވި ގޮތަކަށް އަމަލުކުރުމަށް އަންގައި، މައްސަލަ ނިންމުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ. އަދި ދި މި ގަވައިދުގެ ދަށުން ފައިސާ ނުދައްކައިގެން ބަންދުކޮށްފައިވާ މީހަކު ނުވަތަ ޖަލަށްލާފައިވާ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ، އެ މީހަކު ބަންދުން ނުވަތަ ޖަލުން ދޫކޮށްލުމަށް އަންގަންވާނެކަމަށްވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.