ސާވޭ ޕްރޮގްރާމެއް ހިންގުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީ ހޯދަމުންދާ ފަރާތްތަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ، ދަރިވަރުންނަށް އަމާޒުކޮށް ސާވޭ ޕްރޮގްރާމެއް ހިންގުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީތައް ބައެއް ފަރާތްތަކުން ހޯދަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އައިޑީ ކާޑު ފަދަ ރަސްމީ ލިޔެކިއުންތަކަކީ އެކި ސްކޭމްތައް ހިންގުމަށާއި ޝަހުސު އޮޅުވާލުން ފަދަ ކުށް ކުރުމަށް ބައެއް މީހުން ބޭނުންކޮށްފާނެ ފަދަ ތަކެތި ކަމަށް ވާތީ އެފަދަ ލިޔެކިއުންތަކުގައިވާ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން އެދިފައިވެއެވެ.
އެހެން މީހުންގެ ނަން ނަމުގައި މީސް މީހުންގެ ފޮޓޯތައް ބޭނުންކޮށްގެން އެކި ނަންނަމުގައި ފަހަކަށް އައިސް ގިނަ އަދަދަކަށް ފައިސާ ފޭރިފައި އެބަހުއްޓެވެ. ނަމަވެސް މިފަދަ ސްކޭމްތައް ހުއްޓުވުމަށްޓަކައި ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.