މޫދުގައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާލޭގެ ނޯތު ހާބަރު ފަޅުތެރޭ މޫދުގައި އޮތް ކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 9:13 ހާއިރު ފުލުހުންނަށް ލިބިގެން އެޓެންޑްވެފައިވާ ކަމަށެވެ.

އެ މީހާ މޫދުން ނަގައިގެން އައިޖީއެމްއަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން އެފަދައިން ބުނި ނަމަވެސް އެ މީހާގެ އެއްވެސް ތަފްސީލެއް އަދި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއްވެސް ހާމައެއް ނުކުރެއެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާއިރު އެ ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނައަށްވެސް ގެއްލުންވެފައި އެބަހުއްޓެވެ.