އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅަން ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫއަކީ 214.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގައި 200 ހައުސިން ޔުނިޓު ހިމެނޭއިރު ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓްހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ޔުނިޓެއްގައި 3 ކޮޓަރ،ި 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމް ހިމެނޭ ކަމަށެވެ.

ހައުސިމް ޔުނިޓްތައް އިމާރާތް ކުރާނީ 11 ބުރީގެ ދެ ބިލްޑިންގްއަށް ވާގޮތަށް ކަމަށާއި ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި ޕާކިން ހެދޭނެ ޖާގައެއް ދެވޭނެ ގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިސަރަހައްދުގައި ޕާކެއް ގާއިމްކުރާނެ ކަމަސް ވެސް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާާ ބިލްޑާސްޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޝްތާގް އިބްރާހިމެވެ.