ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަތްޕުޅުލެއްވި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅު އޮތީ ޝަރީއަތުގެ ތެރޭގައި ތާށިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޖަލަށް ލި މައްސަލައިގައި ކުރެއްވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާ ވިދާޅުވުމަށް ރިއާޔަތް ކުރައްވާ ނަޝީދު ވިދާޅުވީ ޔާމީންގެ ޝަރީއަތުގެ ތެރެއަށް އަތްޕުޅު ނުލެއްވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވީ ނަމަވެސް ހަގީގަތުގައި ވެފައި އޮތް ގޮތަކީ ޝަރީއަތުގެ ތެރެއަށް އެމަނިކުފާނުގެ އަތްޕުޅު ލެއްވި ބޮނޑީގައި އަތްޕުޅު ތާށިވެ ނުނެންގެވިފާ އޮތީ ކަމަށެވެ.
ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ކަމުން މި ދިވެހިރާއްޖޭގެ މުއައްސަސާތަކާއި ދިވެހިރާއްޖޭގައި ހިނގާ ކަންކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ކަންކަން އޮޅުވާލައްވަން ނޫޅުއްވުމަށް ނަޝީދު ވަނީ ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެ ކަންކަން އެނގިވަޑައިގަންނަވާއިރު ޝަރީއަތަށް އަތްޕުޅު ލައްވާ ވާހަކައާއި އެހެން ތަންތަނަށް އަތްޕުޅު ލައްވާ ވާހަކަ ވިދާޅުވާން ނުހައްދަވާ ބުއްދިވެރި ވާނީ ނަޝީދު ކުރައްވަން ވިދާޅުވާ ކަންކަން ރައީސް ސޯލިހް ކުރެއްވުން ކަމަށެވެ. އެއާއެކު ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ނަޝީދުވަނީ ރައީސް ސޯލިހަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި ރައީސް ޔާމީން ގެއަށް ގެނައުމަކީ އިންސާފުވެރި އިންތިހާބަކަށްޓަކާ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ރައީސް ސޯލިހަށް މި ރާއްޖޭގައި ވޯޓެއް ނެތް ކަމަށާއި ކޮންމެ ރަށަކަށް ދަގަނޑު މުގުރާ، ދަނގަޑު ޝީލްޑާ، ޕެޕާ ސްޕްރޭއާ، އެސްއޯ ފުލުހުންނާއެކީ އަރާވަޑައިގަންނަވާ މުޅި ރަށުގައި ޕޮލިސް ލައިން ދަމައިގެން އޭގެ ތެރޭގައި ހުންނަވާ "ޖަރީކުރެއްވި އައިސިން ރީނދޫ ކޭކެއްގައި" އެ ކުރައްވާ މަސައްކަތަކީ 15 ޕަސެންޓު ވޯޓު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ހާދަ ބަހުރުވަ ވެސް ހަޑިޔޭ