ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކާޑު މެޝިނާއި މެޝިންގެ ރޯލު މާލޭގައި، ބީއެމްއެލް މާލޭ ބިޒްނަސް ސެންޓަރުން އެކަނި ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލުން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކާޑު މެޝިނާއި ކާޑު މެޝިންގެ ރޯލު ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ބިޒްނަސް ސެންޓަރުން ކަމަށެވެ.

އެއާއެކު އޯކިޑްމާގެ މެދުވެރިކޮށް އެ ހިދުމަތްތައް ދިނުން ހުއްޓާލެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. މީގެ އިތުރުންވެސް މާލޭ ބިޒްނަސް ސެންޓަރުގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް މެދުވެރިކޮށް ޕީއޯއެސް މެޝިންގެ ރޯލު ލިބޭނެއެވެ.

އަދި މި ބަދަލު ގެނެސްފައިވަނީ ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ވީހާވެސް ލުއި ފަސޭހަގޮތެއްގައި ހޯދައިދިނުމުގެ ގޮތުން ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.