ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް އާ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

އެކަމާ ގުޅިގެން ބީއެމްއެލްއިން ބުނީ މި މަހުގެ 1 ވަނަ ދުވަހުން ޖުލައި މަހުގެ 10 އަށޤ ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވާ އެކައުންޓަށް 5000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވާ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައިނަމަ އެކައުންޓް އޯޕަނިން ސެންޓާ އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓާތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެ ކަމަށެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވާ އެކައުންޓަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.