ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑިކާޑު ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.
ވެލާނާ އެއާޕޯޓު ހިންގާ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓު ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިގާ ގޮތުގެ މަތިން އެތެރޭގެ އުދުހުންތަކުގައި ފުރަންދާ ފަސިންޖަރުން ޗެކިން ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އެއާޕޯޓުގެ ޗެކިން ކައުންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށެވެ.
އަދި އެއާލައިންގެ ޓިކެޓް ގަތުމުގެ އިތުރުން ޗެކިން މުނަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށް ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން މުއްދަތު ހަމަނުވާ އިތުރު ރަސްމީ ލިޔެކިޔުންތައް ވެސް ބަލައިގަންނާނެ ކަމަށެވެ. އެގޮތުން ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ:
- ޕާސްޕޯޓް
- އައިޑީ ކާޑު ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
- އެއާޕޯޓު ސެކިއުރިޓީ ފާސް
- ލައިސެންސް ކާޑު / ޑިޖިޓެލް ލައިންސެންސް ކާޑު
- ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް ހިމެނެއެވެ.
ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ފިޒިކަލް ލައިސަންސް ކާޑު ހެދުން ހުއްޓާލައި، ޑިޖިޓަލް ކާޑު ތައާރަފުކޮށްފަ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށި ނަމަވެސް، ބޭނުން ނަމަ ކާޑު ޕްރިންޓް ކުރުމަށްވެސް ސަރުކާރުގެ ފަރާތުން ވަނީ ނިންމާފައެވެ.
އައިޑީ ކާޑޫގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށް ފަހު ޑިޖިޓަލް ލައިސަންސް ދޫކުރަން ވަނީ ފަށާފައެވެ. އަދި ހަަމައެއާއެކު ދާދި ފަހުން ވަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި އީފާސް ވެރިފައި ކުރެވޭ ގޮތް ވެސް ހަމަޖައްސާފައެވެ.
މި ހިދުމަތުގެ ސަބަބުން ހިދުމަތްތައް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެކަމަށް ހައްލު ހޯދައިދިނުމަށް ވަން-ގަވް ނަމުގައި ތައާރަފްކުރާ ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު ކަމަށް މީގެ ކުރިން ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.