ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ރޮޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕޮޓަލާއި އާބަންކޯއިން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ، "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މިއަދު ހަވީރު ބާއްވާ މި ހިނގާލުމަކީ ހުޅުމާލެ ހޮސްޕިޓަލް، އަރބަންކޯ، ފުލުހުން އެޗްޕީއޭ އަދި ބައެއް އެހެން އެސްއޯއީތަކުން ވެސް ބައިވެރިވެގެން ބާއްވާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ފެށިގެން ކުރިއަށްދާނީ ހަވީރު 04:15 ގައި ސިންތެޓިކް ޓްރެކް ސަރަހައްދުން ފެށިގެން ހަވީރު 06:00 ގެ ނިޔަލަށް ކަމަށް އާބަންކޯއިން ބުނެއެވެ.

މި އަހަރުގެ ރޯޑް ސޭފްޓީ ސްލޯގަންއަކީ "ރީތިންކް މޮބިލިޓީ"އެވެ. މި ސްލޯގަންއަކީ ހިނގާ ބިނގާވެ އުޅުމާއި ސައިކަލް ދުއްވުމާއި ޕަބްލިކް ޓްރާންސްޕޯޓަކީ ރައްކާތެރި އަދި ފަސޭހަ ކަމަކަށް ހެދުން ޕްރޮމޯޓްކުރުމަށް ހަދާފައިވާ ސްލޯގަންއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ރޯޑް ސޭފްޓީ ފާހަގަކުރުމަށް އަރބަންކޯއާ ގުޅިގެން ހަރަކާތެއް ހިންގަމުން އަންނައިރު، އެ ކުންފުނީގެ ފަރާތުން އަންނަނީ މިހާރު ވެސް ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރިތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، ހުޅުމާލޭގެ ޕްލޭންގައި ވެސް މަގުތައް ތަރައްގީކޮށްފައިވާނީ ޖާގައިގެ ގޮތުން ތަނަވަސް ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ދުއްވާ އެއްޗިއްސައް ވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ. މީގެ އިތުރަށް މަގުތަކުގައި ބަސް، ބައިސްކަލު، އަދި ސައިކަލަށް ލޭންތައް ވަކިކޮށް، ހިނގާ މީހުންނަށް ޕޭމަންޓުތައް ފަސޭހައި ބޭނުންކުރެވޭނެ މަގުވެސް ހަދާފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.