ސަރުކާރުގެ ޓެކްސީލައިނުގެ ހިދުމަތް އަންނަ އޮގަސްޓަމަސް ނިމުމުގެ ކުރިން ފަށާނެކަމަގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ކުރިން ސަރުކާރުގެ ޓެކްސީ ހިދުމަތް ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވީ ޖުލައި މަހުގެ ތެރޭގައެވެ. މިކަމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއަމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިހާރު މި ތާރިހު ލަސްވެފައިވާކަމަށެވެ. ހަމައެކަނި ކާރު ގެނެސްގެން މި ހިދުމަތް ނުފެށޭނެކަމަށާއި މިކަން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ޓައިމްލައިން ދައްކާ ގޮތުން އޮގަސްމަހަށްުރެ ލަސްނުވާނެކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހު ޕްރޮޑެކްޝަން މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި ސަރުކާރުން މިހިދުމަތް ފެށި ނަމަވެސް މިހާރު ޓެކްސީ ކުރަމުން އަންނަ އެއްވެސް ޑަރައިވަރަކަށް އޭގެ އަސަރުނުކާރެނެކަމަށެވެ. އަދި މިހާރު މިނިސްޓްރީގައި ޓެކްސީ ޑްރައިވަރުންގެ ދަފްތަދު އެކުލެވިފައިވާކަމަށް މިނިސްޓަރީން ވިދާޅުވިއެވެ.