ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން ސްކޭމް ހިންގާތީ ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ. އެންޓި ސްކޭމް ސެންޓަރުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެހީ ހޯދުމުގެ ނަމުގައި އާންމުވަމުންދާ ސްކޭމް ޕޯސްޓުތަކަށް ސަމާލުވުމަށް އެދިފައެވެ.
އެގޮތުން އެ ސެންޓަރުން ވަނީ؛
- ޕޯސްޓަޖަހާފައިވާ އެކައުންޓަކީ ބަލިމީހާގެ އެކައުންޓްތޯ ނުވަތަ ބަލިމީހާގެ އެހީތެރިންގެ އެކައުންޓް ތޯ ޔަގީންކުރުމަށް އެދިފައެވެ.
- ގުޅުމަށް ދީފައިވާ ނަންބަރަށް ގުޅާ މައުލޫމާތު ސާފުކުރުން
- ބަލިމީހާގެ ޑޮކްޓަރުގެ ލިޔުންތަކާއި މައުލޫމާތު ދިމާވޭތޯ ޔަގީންކުރުން
- ޕޯސްޓުޖަހާފައިވަނީ އިތުބާރު ހުރި ފަރާތަކުން ތޯ ޔަގީންކުރުން
ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން މިކަންކަމަށް ސަމާލުވުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.