މޯލްޑިވްސް 2.0ގެ ދަށުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ޑްރާފްޓަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިއީ ވިހާވެސް ބޮޑަށް ދެ ފުށް ފެންނަ ގޮތަށް ކުރުމަށް ނިންމާފައިވާކަމެއްކަން ހާމަކުރަމުން މިނިސްޓަރީން ބުނީ މި ބިލަށް ލިބޭ ހުރިހާ ހިޔާލުތައް އާންުމުކުރުމަށް ނިންމާފައިވާކަމަށެވެ.
މި ބިލާއި ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގައި ރައްޔިތުން ބައިވެރިކުރުވުމަށް އެޅޭ އިތުރު ފިޔަވަޅެއްެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. އިތުރަށް މިނިސްޓްރީން ބުނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ސަރުކާރުގެ މުހިންމު އިދާރާތަކުގެ ހދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ކޮމިއުނިކޭޝަނ އެތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަދި ލޯކަލް ގަވަމެންޓް އެތޮރިޓީގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް އަންނާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓް ގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ގާއިމުކުރުމާއި، ސަރުކާރުގެ ހިދުމަތްތައް ދިނުމަށް އޮންލައިން ޕްލެޓްފޯމެއް ގާއިމުކުރުން ހިމެނެއެވެ.