ތަފާތު އެކި ހާދިސާތަކުގައި ނުވަތަ އެކްސިޑެންޓްތަކުގައި މީހުން ޕަރަލައިޒްވެ ނުކުޅެދޭ ހާލަތަށް ދެއެވެ. ގިނަ އޮޕަރޭޝަންތަކާއި އެތައް ބައިވަރު ފަރުވާއަކުން ބައެއް މީހުންނަށް ހިނގާބިނގާވެ އުޅުމަށް މަގެފަހިވިޔަސް ބޮޑެތި އަނިޔާތަކުގައި ވާވެފައި ތިބޭ މީހުން ހިނާނެ ކަމަށް އޮންނަނީ އުއްމީދެކެވެ.
ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ އެހީގައި މިހާރު އެފަދަ މީހުން ހިންގުވުމަކީ އަދިވެސް ތަރައްގީ ކުރަމުން އަންނަ ދާއިރާއެވެ.
ސްވިޒަލޭންޑްގެ ނިއުރޯސައިންޓިސްޓުން ކުރި ހޯދި އާ އީޖާދުން، އުމުރުން 40 އަހަރުގެ ގާޓް ޖޭން އޮސްކަމް ހިންގުވާފައި ވާ އިރު، މިހާރު އޭނާ އަށް ޑީވައިސް އާ ނުލައިވެސް ކުޑަތަންކޮޅަކަށް ހިނގެއެވެ. އޮސްކަމް އަކީ މީގެ 12 އަހަރު ކުރިން އެކްސިޑެންޓެއް ވެ ސްޕައިނަލް ކޯޑަށް ލިބުނު ގެއްލުމަކާ ގުޅިގެން އަތުގެ އެއްބަޔާއި ހަށިގަނޑުގެ ތިރީކޮޅު ވާގި ނެތިފައި އޮންނަ މީހެކެވެ.
ސައިންޓިސްޓިން އީޖާދުކުރި ޑީވައިސްގެ އެހީގައި އޮސްކަންމެ ސިކުނޑިއާއި ސްޕައިނަލްކޯޑާ ގުޅާލައި ސިގްނަލްއަކުން އޮސްކަމްގެ ހިތަށް ހިނގަން ހިތަށް އެރުމުން އެ ހަރަކާތް ގެނުވައެވެ. އޮސްކަމް ބުނި ގޮތުގައި ގިނަ ތެރަޕީ ސެޝަންތަކަކަށް ފަހު، ކޮޅަށް ތެދުވެ ހިނގަން ބޭނުންވުމުން އެގޮތަށް ހަށިގަނޑު މަސައްކަތް ކުރެއެވެ. އަދި 10 ވަރަކަށް މިނެޓުގެ ތެރޭގައި މައިބަދަ އިން ފެށިގެން އުނަގަނޑު ކޮންޓްރޯލް ކުރަން ދަސްވެ ބެލެންސްކޮށް ކޮޅަށް ހުރެވެއެވެ.
އެ ޑީވައިސްގެ އެހީގައި އޭނާ ހިނގަން ހިތަށް އެރުމުން ސަޕައިނަލް ކޮޑުގެ އިލެކްޓްރޯޑް އަށް ސިކުނޑިން މެސެޖް ފޮނުވާލައެވެ.
މި އާ އީޖާދީ ކުރިއެރުމާއެކު ސައިންޓިސްޓިންގެ އުއްމީދަކީ ސިނކުނޑިން ފޮނުވާލާ ސިގްނަލްތަކުގެ އެހީގައި އަތްވެސް ފުރިހަމައަށް ހަރަކާތްތ ކުރާގޮތް ހެދުމެވެ. އިތުރު ވޮލަންޓިއަރުންނާއެކު ސައިންޓިސްޓުން އިތުރު ތަހުލީލުތައް ކުރަމުން އަންނަ އިރު މި އީޖާދަކީ ނުހިނގި ވާވެފައި ތިބި އެތައް ބަޔަކަށް އުއްމީދީ ބަދަލަކަށް ވާނެއެވެ.