ގައުމެއްގެ ވެރިކަން 30 އަހަރު ކޮށްލުމަކީ އާދައިގެ ކަމެއް ނޫނެވެ. ކަނޑުފަޅާއި ގިރިތަކުން ވަކިވެފައި އޮތް ޖަޒީރާ ރަށްތަކެއްގައި އެއްބަޔަކު ކުރާކަމެއް އަނެއް ބަޔަކަށް މާ ބޮޑަށް ނޭނގޭ ގޮތަށް އެކަހެރިކޮށް ތިބި ރައްޔިތުން ތަކެއްގެ މައްޗަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިޔާސީ ހުޅުކޮޅު ނިވިއްޖެއެވެ.
30 އަހަރުގެ ދިގު ތާރިހުގައި ވެރިިކަމުގެ އެންމެހާ ބާރުތަކެއް މުށުތެރޭގައި އޮތުމުން، އޭރު އެ ބާރުގެ ތެރޭގައި ހިނަގަމުން ދިޔަ ނުވަތަ ހިންގަމުން ދިޔަ ކަންކަން ކުޑަކޮށްވެސް ސާފުވާނެ ބަޔަކަށް ވީ ވެރިރަށް މާލޭގައި ދިރިއުޅެމުން ދިޔަ މީހުންނެވެ. އަތޮޅުތެރޭގެ ރަށްރަށަށް އެނގެނީ، އިވެނީ، ލިބެނީ، އޭރު ކަނޑައަޅާފައި ތިއްބަވާ ވަޒީރުންގެ ފަރާތުން ގޮސް ބޮޑުކަތީބާއި ކުޑަކަތީބުގެ އަތްމަތިން ލިބޭ އެއްޗެކެވެ. އެނގެނީވެސް އެ މިންވަރަށެވެ. އަޑަކަށް ހުރީ ރޭޑިއޯއެކެވެ. އިންޓަނެޓެއް ޓީވީއެއް ނެތެވެ.
ނޮވެމްބަރު 11، 1978 ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހިނގާ ދިޔާ ކަންކަން ލިޔާކަށް ނެތީމެވެ. އެތާރީހަށް ފަހު ހިނގަމުން ދިޔަ ކަންކަމަށް ނަޒަަރު ކުރާ އިރު، އަދިވެސް ހަނދާނުގައި ހުންނަ އެއް ކަމަކީ، މައުމޫން ރަށްރަށަށް ވަޑައިގަންނަވާތީ، އަރުމާޒުކޮޅު ކައިރި ކުރާތީ ޔުނީފޯމް ލައްވާ ދިދަ ހޫރުވަން ދަރިވަރުން ރޯ އަވީލައިފައި ތިބޭ ހަނދާނެއެވެ. އެހެން އެތައް ބުރަކަށް އަވީލިޔަސް އަރުމާޒެއް ނާދެއެވެ. ލޮލުކޮޅަށް ފެންނަ ހިސާބަށް ކައިރިވެފައި އަނބުރާލަނީ ކޮންމެވެސް އެހެން ރަށަކަށެވެ. ބައެއް ދަރިވަރުން ހޭނެތި ވެއްޓި، ދެފައިކޮޅަށް ލޭ އަރާއިރުވެސް އެމަނިކުފާނު ވަޑައެއް ނުގަންނަވައެވެ.
ދެން އެވީގޮތެއްވެސް ނޭނގެއެވެ. ކަތީބެއްގެ ގާތުގައި އަހާކަށް ވެސް މެ ނުކެރެއެވެ. ސުވާލު ކޮށްފިއްޔާ ކުއްވެރިވާ ކަމުގެ ވާހަކަތައް އޭރުވެސް އިވެއެވެ.
ފުރަތަމަ މަލްޓިޕާޓީ އިންތިހާބު
އޮކްތޯބަރު 2008 ގައި ގިނަ ޕާޓީ ވާދަ ކުރެވެ އިންތިހާބު ބޭއްވުމުގެ ކުރިއަށް ރާއްޖޭގައި ހިނގާ ދިޔަ ސިޔާސީ ކިތަންމެ ކަމެއްގެ ވާހަކަ އޭރު ސާފުވަމުން ދިޔައެވެ. ކުށެއް ނެތް އެތައް ބަޔަކު ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިިބި ވާހަކަ އާއި، އަދުލު އިންސާފެއް ނެތް ކަމުގެ ވާހަކަތަކާއި "މައުމޫން" ނަން ކިޔައިފި މީހަކަށް ވެސް ހަރުކަށި އަދަބު ދިނުން ފަދަ ކިތަންމެ ވާހަކަތަކެވެ. އަދި އާއިލާ އާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނަށް މުދަލާއި ފައިސާ ބެއްސެވި ވާހަކަތަކާއި ވެރިކަމުގެ ދިގު 30 އަހަރު ކޮންޓްރޯލް ކުރުމަށްޓަކައި ދެކޮޅުވެރި އެންމެން އެކަހެރިކުރަމުން ދިޔަ ވާހަކަތަކެވެ. ހަރުކަށިކަމާއި ގޮށްމުށުގެ ބާރުން އިދިކޮޅު ޝުއޫރުތައް ހިފަހައްޓަމުން ދިޔަ ވާހަކަތަކެވެ.
ނަމަވެސް އެހުރިހާ ކަމެއް ތޮށިގަނޑު ފަޅާލައި ނިކުތީ މަލްޓި ޕާތީ ޑިމޮކްރަސީއާއެކުގައެވެ. 2008ގެ އިންތިހާބުން ފެނިގެން ދިޔައީ އެ ނަތީޖާއެވެ. މައުމޫން ވާދަކުރެއްވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) ހައްދަވާ، ތަސްމީން އަލީ އާ އެކުގައެވެ. ލިބިވަޑައިގަތީ 82،121 ވޯޓު (45.79 ޕަސެންޓް) އެވެ. މައުމޫނާ ވާދަ ކުރެއްވި ކެނެރީގެ މުހައްމަދު ނަޝީދު ނިކުމެވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހައްދަވައިގެން ގައުމީ އިއްތިހާދުގެ ލިޑަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއެކުގައެވެ. 97،222 ވޯޓާއެކު (54.21 ޕަސެންޓް) ހޯއްދަވައި 2 ވަނ ބުރުން މައުމޫން ބަލިކުރެއްވިއެވެ. ފުރަތަމް ބުރުގައި ޑރ. ހަސަން ސައީދާއި، ގާސިމް އިބްރާހިމް އާއި އުމަރު ނަސީރާއި އިބްރާހިމް އިސްމާއީލް އަމިއްލަ ގޮތުން ވާދަ ކުރެއްވުމުން، މައުމޫނާއި ނަޝީދަށް ވެސް ފުރަތަމަ ބުރުން މެޖޯރިޓީ ލިބިވަޑައިގެންފައެއް ނުވެއެވެ.
ރައީސް ނަޝީދާއި ޑރ. ވަހީދަކީ މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ތަފާތު އަހުވަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އޭރު މައުމޫންގެ ވެރިކަމާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް ނޭނގޭ ގިނަ ވާހަކަތައް ފެންމަތި ކުރެއްވި ބޭފުޅުންނެވެ. ހާއްސަކޮށް ނަޝީދާއި އޭނާގެ އާއިލާއަކީ އޭގެ މާ ކުރިންސުރެ ފެށިގެން "މައުނޫނިޒަމް" އާ ދެކޮޅު ހައްދަވަމުން ގެންދެވި ބައެކެވެ. އެވާހަކަތައް މިހާރަށް އައިއިރު އެކި ފަތްފުއްތަކުގައި ލިޔެފައި އެބަހުއްޓެވެ.
އޭގެ ފަހުން ޑީއާރުޕީ ތެރޭގައި ފެކްޝަން އުފެދިގެ ތަސްމީނާއި ހިޔާލުތަފާތު ވެ އެ ޕާޓީ ދޫކުރައްވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދެވުމަށް ފަހު އިސް ލީޑަރަށް ވެވަޑައިގަތެވެ. 37 ހާސް މެންބަރުންނާއެކު 2013 ގެ އިންތިހާބަށް ޕީޕީއެމް އިން ނެރުނީ މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންއެވެ.
ޕީޕީއެމްގެ ތެރޭގައި ކޯޅުންގަނޑު ފެށި 2018 ގައި ބައިބައިވެ ޔާމީން، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. އޭރު ޕީޕީއެމްގެ ކޮންޓްރޯލް މައުމޫން އަތުން ގެއްލެމުން ގޮސް، ޔާމީންގެ ފަރާތްޕުޅުން ކޯޅަށް ހުށަހެޅި މައްސަލައިގައި މައުމޫން ޕާޓީން ބޭރުގެ އެކަނިވިއެވެ.
ބޮޑު ނުވި ކުޑަ ކުޑަ އެމްއާރުއެމް
އެއީ މައުމޫނުގެ ސިޔާސީ ހުޅުކޮޅު މިއަދު ނިމިގެން ދިޔަ ފެށުމެވެ. ޕީޕީއެމް ގެއްލި ސިޔާސީ މައިދާނުގެ ކޮންޓްރޯލް އަތްޕުޅުން ބީވެގެން ދާން ފެށުމުން، އާއިލާގެ ބޭފުޅުންކޮޅަކާއި މައުމޫންގެ ވެރިކަމުގައި އެކި ގޮތްގޮތުން މަންފާއާއި ނަފާ ލިބުނު ބަޔަކާއި ދެންވެސް މައުމޫނަށް ތާއީދު ކުރާ މަދު ބަޔަކާއެކު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދެވިއެވެ. އަދި ޖެހިގެން އައި 2018 ގެ އިންތިހާބުގައި ކުރިން ހަތުރު، ފަހުން ސިޔާސީ މިތުރު، މުހައްމަދު ނަޝީދުގެ އެމްޑީޕީއާ ކޯލިޝަން ހެއްދެވިއެވެ. އެ ކޯލިޝަނުން އިންތިހާބު ކާމިޔާބު ކޮށް މިއަދާ ހަމައަށް ވެސް މައުމޫނު ހުންނެވީ ހިނގަމުން ދާ ސަރުކާރުން ބައި ލިބިވަޑައިގެންނެވެ. މިނިސްޓަރުންނާއި އެގްޒެކްޓިވް ލެވެލްގެ ވަޒީފާތައް ޕާޓީއަށް ހޯއްދަވައިގެންނެވެ.
އިއްޔެ އިލެކްޝަން ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމުމާ ހަމައަށް އެ ޕާޓީ ބޮޑު ނުކުރެވި (މެންބަރުންގެ އަދަދު އިތުރު ނުކުރެވި) އޮތީ ފިރުކިިރުކި އެވެ. 30 އަހަރުގެ ހުދުމުހުތާރު ކަން ރައްޔިތުންނަކަށް ކަމަކު ނިދިޔައެވެ. ޕާޓީއަށް ވަންނާނެ ބަޔަކު ނުވިއެވެ.
އިލެކްޝަނުން އެ ޕާޓީ އުވާލަން އިއްޔެ ނިންމުމުގެ ކުރިންވެސް އެއް ބުރެއްގައި ގާނޫނު ބުނާ 3000 މެންބަރުން ހަމަނުވެގެން، މެންބަރުން ހަމަކުރަން ފުރުސަތު ދިނެވެ. އޭރު ކޮންމެވެސް ތާކުން ކުދިންކޮޅެއް ހޯދައިގެން 140 ފޯމް ހުށަހެޅިއެވެ. އެއީ މި ހިނގާ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އިލެކްޝަނުން ސްކްރީން ކުރުމުން ފާހަގަ ވީ އޭގެ ތެރެއިން ސައްހަވަނީ 66 ފޯމު ކަމެވެ. އެއާއެކުވެސް އެމްއާރުއެމްގެ ދަފްތަރުގެ ޖުމްލަ އަކީ 2981 މެންބަރުންނެވެ. 3000 ހަމަނުވެގެން އުޅެނިކޮށް، ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯޅުންގަނޑާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން މަޝްވަރާތައް ފެށުމުން އެމްއާރުއެމް އިން ޑިމާންޑްތައް ބޮޑުކޮށް އެތޯ ހެވީ މިތޯ ހެވީ ބެލުމަށް، އަމިއްލަ އަށް ވާދަ ކުރައްވާ ޖޭޕީ ލިޑަރު ގާސިމް އިބްރާހިމާ ކޯލިޝަން ހެދުމުގެ މަޝްވަރާ ފެށިއެވެ. ރައީސް ސޯލިހާވެސް މަޝްވަރާ ކުރިއެވެ. ނަމަވެސް އެމްއާރުއެމްގެ ރޫހު ހުރީ ބޮޑު އެއްޗެއް ދޭ ކޮޅަކަށް އެރުން ކަމަށް ވުމުން، އެ ޕާޓީގެ ސްލޯޓްގައި ތިބި ގިނަ އަދަދެއްގެ މެންބަރުން ޕާޓީން ވަކިވިއެވެ. އެމީހުންނާއެކު އިތުރު މެންބަރުންވެސް ވަކިވާން އިލެކްޝަނަށް ހުށަހެޅިއެވެ. އަދަދުތައް ދަށަށް ގޮސް މައުމޫނުގެ ސިޔާސީ ހުޅުކޮޅު މި ނިވުނީ 3000 ވެސް ހަމަ ނުވެ ހުސްއަތާއެވެ.
މުސްކުޅިވެ މަރުވަން ކާރިވީމަ ކޮންސަކަރާތެއް ޒިކުރު ކިޔާލަކިޔާލަ އޮވެބަކަ
ހަމަރަގަޅަށް ތިހަދަނީ އުވާލަންވީ މާލަސްވެއްޖެ