ރިޔާސީ އިންތިހާބު އެމްޑީޕީން އެއް ބުރުން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދާއިރު ކުރިއަށްދާ ހަރަކާތްތަކާ ގުޅިގެން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރެއްގައި ކުރިއަށް ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީން މުޅި ރާއްޖެއަށް ކުރާ ދަތުރުގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ، ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.
މި ހަފްތާ ބަންދުގައި އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުން މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ހުރިހާ ރަށެއްގައި ޕޯސްޓާ އިވެންޓެއް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.
ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި ހަދާފައެވެ. ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ވަނީ ޕާޓީއިން ވަކިވެފައެވެ. އަދި އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވާ ކަމަށް އިއުލާން ކުރުމާއެކު، އެ ފިކުރަށް ތައީދު ކުރާ އެމްޑީޕީގެ ބައެއް މެންބަރުން ޕާޓީން ކެނޑެމުންވެސް އެބަދެއެވެ.
ޅާފަ ދަނޑިންތަޅާ. އެއްބުރުނުކިޔާނެ ކުރެވޭ މީހުންނެއް. މުރަނގަގަސްދޮށުމާލިމީން ތިޔަހެންކިޔާނީ. ޢެރެޔައްވުރެ މިރޭ ބަރޭ ކިޔަނިކޮން އަނގަގަދަ މިިތުރަށްވެސް އަނގަ ގަދަކަމުން މަޑުން ނޯވެވުނީ. ދެން ކަށިކުނބުރުތަކެއްގެތެރޭ އޮންނަންޖެހުނީ. ތިއީ އަނގަގަދަމިތުރަށްވުރެންވެސް މާގައްޑާ ދައްކަން އުޅޭބަޔެއް. އެމިތުރަށްވީވަރުވެސް ނުވާނެ. ޕަކާސް