ސަފާރީއެއްގެ ބުރަފަތީގައި ޖެހިގެން ރ. ރަސްގެތީމު ކައުންސިލްގެ ކުރީގެ ނައިބު ރައީސް މަރުވެއްޖެއެވެ.

އިނގުރައިދޫ ފަޅުގައި ހިނގި މިހާދިސާގެ މައުލޫމާތު "ދަ ޕްރެސް" އާ ހިއްސާ ކުރައްވަމުން އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ މި ހާދިސާގައި މަރުވެފައި ވަނީ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހިމް ކަމަށާއި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:30 އެހާއިރު ކަމަށެވެ. އަދި އޭނާ އިނގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ވާ ކަމަށްވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.

އެހާދިސާ ހިނގި ގޮތް ހިއްސާ ކުއްރަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ "ބުރަފަތީގައި ވާ އޮޅި އެ ވަލުގައި މުހައްމަދު ވެސް ތާށި ވީ" ކަމަށެވެ. އަދި އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އެ ސަފާރީގެ ކްރޫއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އިނގުރައިދޫ ފަޅަށް ވަންނަން އުޅުނު ސަފާރީއެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން ނައްޓަން ފޭބި މީހެއްގެ ގައިގައި ބުރަފަތިން ޖެހިގެން އެމީހާ އަށް އަނިޔާވި ކަމުގެ ރިޕޯޓު މިއަދު ހަވީރު 06:00 ޖަހާކަށް ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.