އާބަންކޯއިން ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ހާއްސަ ރޯދަވީއްލުމެއް ދީފިއެވެ.

އާބަންކޯއިން ބުނީ، މި ރޯދަވީއްލުމުގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނާއި އެކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުން ދައުވަތު ދީފައިވާ ކަމަށެވެ.

ސެންޓްރަލް ޕާކުގައި ބޭއްވި މި ރޯދަވީއްލުމުގެ ކުރިން މި ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.

މި މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއާނެސް މަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ މަހެވެ. އާބްނަކޯއިން ބުނީ، މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ހާއްސަކުރީ މި މަސް ފާހަގަކުރުމަށް އާބަންކޯގެ ފަރާތުން ބާއްވޭ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އާބަންކޯއިން އަންނަނީ ކޮމިއުނިޓީ ރޯދަވީއްލުމެއް ބާއްވަމުންނެވެ. މި ރޯދަވީއްލުން ތަކަކީ އާބަންކޯގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބުނެއެވެ.